އިޒްރޭލު ޕާސްޕޯޓް މަނާކުރަން ރާއްޖެއިން ނިންމި ނިންމުން ބަދަލުނުކުރާނަމަ، އެމެރިކާގެ އެހީ ރާއްޖެއަށް ނުލިބޭ ގޮތް ހަދަން އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހަށް ބިލެއް ހުށަހަޅަން ތައްޔާރުވެއްޖެއެވެ.

އެމެރިކާގެ އެކްސިއޯސް ނޫހުގައިވާ ގޮތުން އެ ބިލު އެކުލަވާލުމުގައި އިސްކޮށް އުޅުއްވަނީ ކޮންގްރެސްގެ ތިރީގޭގެ މެންބަރު ޖޯޝް ގޮޓްހައިމާ އެވެ.
ވެރިކަން ކުރާ ޑިމޮކްރެޓިކް ޕާޓީގެ މެންބަރެއް ކަމަށްވާ ގޮޓްހައިމާ 'ޕްރޮޓެކްޓިން އެލައިޑް ޓްރެވެލް ހިޔާ'ގެ ނަމުގައި ބިލު އެކުލަވާލައްވަނީ ރިޕަބްލިކަން ޕާޓީގެ މެންބަރުންތަކަކާ ވެސް ގުޅިގެން ކަމަށް އެ ނޫހުގައިވެއެވެ.
ކޮންގްރެސްގައި އިޒްރޭލުގެ ދިފާއުގައި އެންމެ ބޮޑަށް މަސައްކަތް ކުރައްވާ އެއް މެންބަރު ކަމަށްވާ ގޮޓްހައިމާ ވިދާޅުވީ އިޒްރޭލުގެ ހުރިހާ ރައްޔިތުން މަނާކޮށްފައިވާ ގައުމަކަށް އެމެރިކާގެ ޓެކްސް ޑޮލަރު ފޮނުވައިގެން ނުވާނެ ކަމަށެވެ.
އިޒްރޭލު ޕާސްޕޯޓް މަނާކުރުމަކީ ޔަހޫދީންނަށް ނަފުރަތުކުރުން ކަމަށާއި، ރާއްޖޭގެ ނިންމުން ބަދަލުނުކުރަނީސް އެމެރިކާއިން ފައިސާ ދީގެން ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އެމެރިކާގެ އޭޖެންސީ ފޯ އިންޓަނޭޝަނަލް ޑެވެލޮޕްމެންޓް އެންޑް ދަ ސްޓޭޓް ޑިޕާޓްމެންޓްއިން އާންމުކޮށްފައިވާ މައުލޫމާތުގައިވާ ގޮތުން، 2019 އާއި މިދިޔަ އަހަރާ ދޭތެރޭ އެގައުމުން ރާއްޖެއަށް 36 މިލިއަން ޑޮލަރުގެ މާލީ އެހީތެރިކަން ފޯރުކޮށްދިފައިވެއެވެ.
އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ހަމަލާތަކާ ގުޅިގެން އިޒްރޭލުގެ މީހުންނަށް ރާއްޖެ ނާދެވޭގޮތަށް އެ ގައުމުގެ ޕާސްޕޯޓު މަނާކުރަން ގާނޫނުތަކަށް ބަދަލުގެންނަން މިދިޔަ އާދިއްތަ ދުވަހު އޮތް ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ވަނީ ނިންމައިފިއެވެ.
ގާނޫނަށް އިސްލާހު ގެންނަން ވަޒީރުންގެ މަޖިލީހުން ނިންމިއިރު، އިޒްރޭލު މީހުންނަށް ރާއްޖެ އެތެރެނުވެވޭ ގޮތަށް އިމިގްރޭޝަން ގާނޫނަށް އިސްލާހު ގެންނަން ވިހިވަނަ ރައްޔިތުންގެ މަޖިލީހަށް ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއިލް އަހުމަދު ނަސީމް ވަނީ އިސްލާހެއް ހުށަހަޅުއްވައިފައެވެ.
މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން އިޒްރޭލުން ފަލަސްތީނުގެ އާންމުންނަށް އަމާޒުކޮށްގެން ދެމުންގެންދާ ލާއިންސާނީ ހަމަލާތަކުގައި މިހާތަނަށް 36،000 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލައިފައެވެ. އޭގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ.
comment މުހްތާޜު
10 month 3 week ago
މި ކުޑަކުޑަ ރާއްޖެ އެމެރިކާ ގުޑުވާލާފި ދެންމަނާ ކުރާނީ އެމެރިކާ ފަސްޕޯޓް، ސައިޒު ކުރަން އެގޭނެ
comment ދދ
10 month 3 week ago
އަބުދު ﷲ ޝާހިދު އާއި އައްނި ނަޝީދު އާއި އިބުސޯލިހް ޔަހޫދީން އަތުން ފައިސާ ގަޑެއް ހޯދައިގެން މިރާއްޖޭގައި ހުޅުވާފަ ހުރި އެމެރިކާ އެމްބަސީކިޔާ ޔަހޫދީ މޮސާޑުގެ ޖަގަހަ ބަންދު ކުރުމަށާއި، އެމެރިކާގެ އާގު ބޯޓް ފަހަރު ރާއްޖޭގެ ސަރަހައްދަށް ވަގުތުން ވަނާކުރުމަށް ގޮވާލަން !
comment 27
10 month 3 week ago
އެމެރިކާ އަކީ ދިވެހި ރާއްޖެއަށް ކޮން އެހީއެއް ދޭ ޤައުމެއްތޯ، އެމެރިކާއިން އެހީދޭކަމެއް އެގިފަކާނެތް، ކަލޭމެން ދޭ އެހީ ކަންޑާލިޔަސް އަހަރުމެނަށް ވާނެ ކަމެއްނެތް ﷲ ގެ ވާޤިފުޅާއި އެކު ދިވެހިން އުޅޭނީ !
comment ސާބިތު
10 month 3 week ago
ދިވެހިރާއްޖެއަކީ އެއްވެސް ޤައުމެއްގެ އަޅެއް ނޫން....ރިޒުގު ދެއްވަނީ މާތް ﷲ...އެމެރިކާގެ ނުބައިވެރިން ހަލާކު ކުރައްވާށި...އާމީން
comment ރައީ
10 month 3 week ago
ގިނަ ގައުމުތަކުން ދަނީ އެމެރިކާ ދޫކޮށްލަމުން. އަހަރުމެން އެމެރިކާ ދޫކޮށްލާކަށް ނުވޭތަ.
comment ވަރުދާން
10 month 3 week ago
ގޮޓްހައިމާ ކީކޭ ހިތަށް އަރައިގެންތަ އެއުޅެނީ؟ އެމެރިކާއިން އެހީވަނީ ރާއްޖެއިން އެމެރިކާއަށްވެސް އެހީވާތީކަން އެ ކޮށި ސިކުންޑިއަށް ނުވިސްނެނީތަ؟ ބައެއް ސެކިއުރިޓީގެ ކަންކަމުގައި ރާއްޖެއިން އެހީތެރިވޭ އެމެރިކާއަށް ވެސް. އެމެރިކާގެ އިންޓަރެސްޓް މި ސަރަޙާއްދުގައި ނަގަހައްޓައި ހިފެހެއްޓުމަށް ރާއްޖެ ވެސް ދަނީ ޤުރްބާނީތަކެއް ވަމުން. އެމެިކާ އިން ރާއްޖެއަށް އެހީބަނީ އެހެންވެ. މިއީ ދެކޮޅަށް ދުވާ އެއްޗެއް. ރާއްޖޭގެ ނިންމުން ބަދަލެއް ނުކުރާނެ. އިޒްރޭލު މީހުން ނާރުވާކަށް ނޫޅޭ ރާއްޖެއިން. އިޒްރޭލުގެ ޕާސްޕޯޓު އޮތް މީހުން އައުން މަނާކުރީ. ސާބަސް ސަރުކާރު. ތިގޮތުގައި ހިފަހައްޓާތި
comment އޯކޭ
10 month 3 week ago
އޯކޭ
comment އމނ
10 month 3 week ago
ތިމާމެން ނަށް ލިބޭ އެއްޗަކުން ފުއްދައިގެން އުޅުން މާރަންގަޅު. ބަޔަކު ބުނާނެ އެއްޗެއް ނޯބްނާނެ. ލިބޭ މިންވަރު ނިކަން ދަނެގެން. މިބޭނުބްތައް ބާހާލައިގެން .އުޅޭ ނަމައީ މިބޭޒާރެއް ނުވެސް ވީހޭ.
comment ފަސްޓް
10 month 3 week ago
ދިވެހިންވެސް މިހާރު މީ ސައޫދީ ނޫނީ ޔޫއޭއީ މީހުން ކަހަލަ ބައެއް.
comment ފެންމަތި
10 month 3 week ago
ކަނޑާލިއްޔާ ރަނގަޅީވެސް. އެމެރިކާ މީހުން އެހީ ދެނީޔޭ ކިޔައިގެން ކުރަނީ އެހެން ކަމެއް.
comment ދަންޑަހެލު
10 month 3 week ago
ސުވާލަކީ އިޒްރޭލު ޕާސްޕޯޓު މަނާކުރުމުގެ ބޭނުމަކީ ކޮބައިތޯ؟
comment އަހަންމަދު
10 month 3 week ago
ކެނޑިޔަސް ހެވޭ.
comment އަލީރާޖާ
10 month 3 week ago
ތިމާ މެންގެ ފެންވަރުން ކަންކަން ކުރުން އެއީ ދިވެހިން ދަސްކުރަންޖެހޭ ކަމެއް
comment ލަޠީފް
10 month 3 week ago
ރިޒުގު ދެއްވަނީ މާތް ﷲ.. އެމެރިކާއިން ކޮން ބިރެއް ދައްކާނަމޭ ހިތާ މި އުޅެނީ. ފަލަސްޠީނު ރައްޔިތުން މަރާ އަނިޔާދެމުން ދާ ބަޔަކު ކޮން އަނގައެއް ތަޅާކަށް.