އެމްޓީސީސީއިން އެމެރިކަން އެކްސްޕެރެސް ކާޑުން ޚިދުމަތް ލިބޭގޮތް ހަދައިފި

އެމްޓީސީސީއިން އެމެރިކަން އެކްސްޕެރެސް ކާޑުން ހިދުމަތް ލިބޭގޮތް ހަދައިފި -- ސަންފޮޓޯ/ ނާއިލް ހުސައިން

އެމްޓީސީސީގެ "ޓެޕް އެންޑް ގޯ" ފީޗާ އިން އެމެރިކަން އެކްސްޕްރެސް ކާޑު ބޭނުންކޮށްގެން ބަސް ދަތުރު އަދި ފެރީގެ ޚިދުމަތް ލިބޭގޮތް އެ ކުންފުނިން މިއަދު ތައާރަފު ކޮށްފިއެވެ.

މިގޮތުން އެމްޓީސީސީން ބުނީ އާންމު ދަތުރުފަތުރުގެ ޚިދުމަތްތައް ފަސޭހައިން، ލިބޭނެ ގޮތް ހެދުމަށް އެ ކުންފުނިން ކުރަމުންދާ މަސައްކަތުގެ ތެރެއިން، "ޓެޕް އެންޑް ގޯ" ފީޗާ އިން މިހާރު މާލޭ ސަރަހައްދުގައި އެމެރިކަން އެކްސްޕްރެސް ޑެބިޓް އަދި ކްރެޑިޓް ކާޑުތައް ސަޕޯޓް ކުރާނެ ކަމަށެެވެ.

މީގެއިތުރުން، ކަސްޓަމަރުންނަށް މިހާރު ފަސޭހައިން ވިސާ، މާސްޓާކާޑް، ނުވަތަ އެމެކްސް ކޮންޓެކްޓްލެސް ކާޑުން ޓެޕްކޮށްގެން އަޅުގަނޑުމެންގެ އާރުޓީއެލް ބަސް ހިދުމަތާއި މާލޭ ސަރަހައްދުގެ ފެރީ ޚިދުމަތަށް ފައިސާ ދެއްކޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

މީގެކުރިން އާރްޓީއެލްގެ ޚިދުމަތަށް އަދި ފެރީގެ ހީދުމަތްތަކަށް ބޭނުންކުރެވެނީ ބަސް ކާޑު ނުވަތަ ވިސާ ކާޑެވެ. އެމްޓީސީސީގެ އޮންލައިން ޕޯޓަލް މެދުވެރިކޮށް ވެސް ބަހަށް ފައިސާ ދެއްކެއެވެ.

comment ކޮމެންޓް