ފަތުރުވެރިކަން ތަރައްގީކުރުމަށް 17 ތަނެއް ކުއްޔަށް ދޫކުރުމަށް ޕްރޮޕޯސަލް ހުށަހެޅުމަށް ޓޫރިޒަމް މިނިސްޓްރީން ހުޅުވާލައިފިއެވެ.
އެ މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ، އެތަންތަން ކުއްޔަށް ދޫކުރުމަށް ހުޅުވާލީ ފަތުރުވެރިކަމާ ބެހޭ ކަންކަމަށް ރަށްރަށާއި ބިންބިމާއި ފަޅު ކުއްޔަށް ދޫކުރުމަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ގަވާއިދުގެ ދަށުން ކަމަށެވެ.
މިގޮތުން، ކުއްޔަށް ދޫކުރުމަށް ހުޅުވާލައިފައިވާ ރަށްތަކާއި ކުއްޔަށް ދޫކުރާ އަގުތައް:
- ހދ. ވައިކަރަމުރައިދޫ (15 ހެކްޓަރު): 1.8 މިލިއަން ޑޮލަރަށް
- ށ. ކުޑަޅައިމެންދޫ (13.11 ހެކްޓަރު): 1.96 މިލިއަން ޑޮލަރަށް
- ރ. ދިއްކުރެއްދޫ (4.83 ހެކްޓަރު): 2.62 މިލިއަން ޑޮލަރަށް
- ޅ. ދިއްފުށި އަދި ޅ. މައިދޫ (20.99+15.17 ހެކްޓަރު): 18.58 މިލިއަން ޑޮލަރަށް
- ޅ. ވިހަފަރު ފިނޮޅު (0.28 ހެކްޓަރު): 640،000 ޑޮލަރަށް
- ކ. ހިއްމިއްޔާ ފަޅު (712 ހެކްޓަރު): 23.51 މިލިއަން ޑޮލަރަށް
- ކ. އަތޮޅު ފަޅެއް (46 ހެކްޓަރު): 10.99 މިލިއަން ޑޮލަރަށް
- އއ. އަލިކޮއި ރަށް (1.47 ހެކްޓަރު): 1.29 މިލިއަން ޑޮލަރަށް
- ވ. އަތޮޅު ފަޅެއް (0.62 ހެކްޓަރު): 729،000 ޑޮލަރަށް
- ތ. ގާލީ ފަޅު، އެތަނުގައި އޮތް ރަށާއެކު (7.16 ހެކްޓަރު): 2.04 މިލިއަން ޑޮލަރު
- ތ. ރުއްތިބި ރަށް (8.41 ހެކްޓަރު): 2.35 މިލިއަން ޑޮލަރު
- ތ. ކަނިމީދޫ (10 ހެކްޓަރު): 2.75 މިލިއަން ޑޮލަރު
- ލ. ކަށިދޫ (3.11 ހެކްޓަރު): 466،500 ޑޮލަރު
- ލ. ބޮޑުމުންޏަފުށި (3.14 ހެކްޓަރު): 471،000 ޑޮލަރު
- ލ. ހަންހުށި (2.81 ހެކްޓަރު): 421،000 ޑޮލަރު
- ގއ. ބޭރުމައުޑޫ (3.08 ހެކްޓަރު): 385،000 ޑޮލަރު
- ގދ. ކަޅުހުއްޓާ (7.61 ހެކްޓަރު): 951،250 ޑޮލަރު
ކުއްޔަށް ދޫކުރުމަށް ހުޅުވާލާފައިވާ ފަޅުތަކާއި ރަށްތައް ފަތުރުވެރިކަމަށް ތަރައްގީ ކުރުމަށް ބޭނުންވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމަށް ބޭނުންވާ ފޯމު މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.