ބީއެމްއެލް އިސްލާމިކް ކްރެޑިޓް ކާޑަށް އެދިގެން 25،000 ރުފިޔާ ހޯދުމުގެ ފުރުސަތު

ބީއެމްއެލް އިސްލާމިކް ކްރެޑިޓް ކާޑަށް އެދި ހުށަހަޅައިގެން 25،000 ރުފިޔާ ހޯދުމުގެ ފުރުސަތު-- ފޮޓޯ/ ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް(ބީއެމްއެލް) އިސްލާމިކްގެ ކަސްޓަމަރުންނަށް ޚާއްސަކޮށްގެން އާ ޕުރޮމޯޝަނެއް މިއަދު އިއުލާނުކޮށްފިއެވެ.

އަންނަ ޖުލައި މަހުގެ 28 ގެ ނިޔަލަށް ހުޅުވާލައި މި ޕްރޮމޯޝަންގައި ބީއެމްއެލް އިސްލާމިކް ކްރެޑިޓް ކާޑަކަށް އެޕްލައިކޮށްގެން 25،000 ރުފިޔާ ހޯދުމުގެ ފުރުސަތު އޮންނާނެއެވެ.

މި ޕްރޮމޯޝަންގައި ބައިވެރިވެވޭނީ އިސްލާމިކް ކްރެޑިޓް ކާޑަށް އެޕްލައިކޮށް، އެޕްރޫވްވާ މީހުންނަށެވެ.

ބީއެމްއެލްއިން ބުނީ، އިސްލާމިކް އެމެކްސް ކްރެޑިޓް ކާޑަށް އިންޓަނެޓް ބޭންކިން ނުވަތަ މޯބައިލް އެޕް މެދުވެރިކޮށް އެޕްލައިކުރެވޭނެ ކަމަށެވެ.

ބީއެމްއެލް އިސްލާމިކް ކްރެޑިޓް ކާޑަށް އެދި ހުށަހަޅައިގެން 25،000 ރުފިޔާ ހޯދުމުގެ ފުރުސަތު --ފޮޓ/: ބީއެމްއެލް

ބީއެމްއެލް އިސްލާމިކް އެމެރިކަން އެކްސްޕްރެސް ކްރެޑިޓް ކާޑުން ކާޑު މެންބަރުންނަށް ލޯކަލް އަދި އިންޓަނޭޝަނަލް އޮފާތައް ހިމެނޭ ގޮތަށް ތަފާތު ފައިދާތަކެއް ލިބެއެވެ. މީގެ ތެރޭގައި ބުކިން ޑޮޓްކޮމްއިން އެކްސްކްލޫސިވް ސޭވިންސްއާއި ކެއުމުގެ ތަޖުރިބާތަކުގެ އޮފާތައް ހިމެނެއެވެ.

މީގެ އިތުރުން، މި ކްރެޑިޓް ކާޑުން ބީއެމްއެލް އީޒީޕޭ މެދުވެރިކޮށް އިންސްޓޯލްމަންޓް ޕޭމަންޓް ވެސް ލިބެއެވެ.

ބީއެމްއެލް އިސްލާމިކުން ރާއްޖޭގެ ފުރަތަމަ ޝަރުއީ ހަމަތަކަށް ފެތޭ ކްރެޑިޓް ކާޑު ތައާރަފުކުރީ މިދިޔަ ހޯމަ ދުވަހުއެވެ.

https://sun.mv/192517

ރާއްޖޭގެ ފުރަތަމަ އިސްލާމިކް ކްރެޑިޓް ކާޑު މިދިޔަ ހޯމަ ދުވަހު ތައާރަފުކުރީ އެމެރިކަން އެސްޕްރެސް ކާޑު ނެޓްވޯކްގައި ބޭނުންކުރެވޭ ގޮތަށް ކަސްޓަމަރުންނަށް ގިނަ އޮފާތަކެއް ހިމަނައިގެންނެވެ.

ބީއެމްއެލްއިން ބުނީ، މި ކާޑު ފަރުމާކޮށްފައި ވަނީ އެންމެ ފަހުގެ ސެކިއުރިޓީ ފީޗާސްތައް ހިމަނައިގެން ކަމަށާއި މި ކާޑު ދޫކުރާނީ ސްޓޭންޑާޑް، ގޯލްޑް އަދި ޕްލެޓިނަމް ކާޑުގެ ގޮތުގައި ކަމަށެވެ.

comment ކޮމެންޓް