ޗީޒްގައި މޯލްޑް ޖެހީތަ؟

ޗީޒް: ވަރަށް ގިނަ ކެއުންތަކުގައި ބޭނުންކުރާ ގިނަ ބަޔަކަށް މީރު ބާވަތެއް--ފޮޓޯ/ޕިންޓްރެސްޓް

ކެއުމުގައި ބޭނުންކޮށްލުމަށް ޗީޒް ބްލޮކެއް ނުވަތަ ޗީޒް ޕެކެޓެއް ނަގާއިރު އޭގައި މޯލްޑް ނޫނީ ފަންގަސް ހުރެގެން އެކަމާ ކަންބޮޑުވުމަކީ ވެދާނެ ކަމެކެވެ. މޯލްޑް ނުވަތަ އެއްވެސް ވައްތަރެއްގެ ބްކެޓީރިއާ ހުރި ކާއެއްޗެއް ކެއުމަކަށް އެއްވެސް މީހަކު ބޭނުމެއް ނުވާނެއެވެ.

ޗީޒްގައި މޯލްޑް ނުވަތަ ފަންގަސް ޖަހާފައި ހުރިކަން ދެނެގަނެވުމާ އެކު މޯލްޑާ އެކު ޗީޒް ކެއުމަކީ ރައްކާތެރިކަމެއްތޯ ނުވަތަ ނޫންތޯ މިއީ އުފެދޭނެ ސުވާލެކެވެ.

ޗީޒްގެ ވަރަށް ގިނަ ވައްތަރުތައް ބާޒާރަށް ނެރެފައިވާއިރު ރިކޯޓާ، މަސްކަޕޯން އަދި ޗޭވްރޭ ފަދަ ވައްތަރުގައި މޯލްޑް ޖަހާފައި ހުރެއްޖެނަމަ އެ ބޭނުންކުރުން ރައްކާތެރިއެއް ނޫނެވެ. ސަބަބަކީ މިފަދަ ވައްތަރުގެ ޗީޒްގައި މޯލްޑު އުފެދުމާ އެކު ޗީޒްގެ އެންމެ އަޑިއަށް އޭގެ އަސަރުކޮށް ރަހައަށް ނޭދެވޭ އަސަރުކޮށްފާނެތީއެވެ.

މޯލްޑް ޖަހާފައި ހުރި ޗެޑަ ޗީޒް ބްލޮލެއްވ-- ފޮޓޯ/ދަލިސްޓް
އެކަމަކު، ބްރީ ނުވަތަ ޕޯޓް ސެލޫޓް ފަދަ ސޮފްޓް ޗީޒްތަކުގައި މޯލްޑް ފެންނަން ހުރި ސަރަހައްދަކުން ގާތްގަނޑަކަށް ހަތަރުބައި ކުޅަ އެއްބައި އިންޗި ކަނޑާލުމަށް ފަހު އެ ބޭނުންކުރުމަކީ ރައްކާތެރި ގޮތެއް ކަމަށް ދިރާސާވެރިން އިރުޝާދު ދެއެވެ.

ގިނަ ދުވަސްވެފައިވާ ޗެޑާ ނުވަތަ ޕާމެސަން ފަދަ ޗީޒްތަކުގައި ސްޕްރޭ ފެތުރިފައިވާ ނަމަވެސް ރައްކާތެރިގޮތަކަށް އެ ބައި ކަނޑާލުމަށް ފަހު ބޭނުންކުރެވިދާނެއެވެ. ކަޅު ނުވަތަ އަޅި ކުލައިގެ މޯލްޑު ކަނޑާލާއިރު ވީހާ ވެސް ބޮޑަށް ކަނޑާލަން ސަމާލުކަން ދޭންވާނެއެވެ.

ރައްކާތެރި ގޮތުގައި ޗީޒް ރައްކާކޮށް ގެންގުޅެ ކެއުމުގައި ބޭނުންކޮށް އެކަށީގެންވާ މުއްދަތެއްގައި ތެރޭގައި ކެއުމަކީ ޗީޒް މޯލްޑިން ހުއްޓުވުމަށް އެޅިދާނެ ފިޔަވަޅެކެވެ.

މީގެ އިތުރުން، ޗީޒް ރައްކާކުރުމަށް ހާއްސަ ޗީޒް ކަރުދާހުގައި ނުވަތަ ޕާޗްމަންޓް ޕޭޕަރުގެ ލޭޔަރުގައި އޮޅާލުމަށް ފަހު ރައްކާކުރުމަކީ ވެސް މޯލްޑް ޖެހުމުން ރައްކާތެރިކޮށްދޭ ކަމެކެވެ. މޯލްޑް ޖަހާ ޗީޒް އެއްގޮތަކަށް ވެސް ގަންނަން ބޭނުންނުވާނަމަ ޕާމެސަން، ޕެކޮރިނޯ ފަދަ ދޮގު މުއްދަތަކަށް ބޭނުން ކުރެވޭނެ ޗީޒް ގަނެވިދާނެއެވެ.

comment ކޮމެންޓް