ޚިދުމަތުގައި ހުންނަވަނިކޮށް ނިޔާވި އޮފިސަރު ޒިޔާދުގެ ހަނދާނުގައި ސުކޫތެއް

36 ވަނަ ފުލުހުންގެ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުން: ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް (ރިޓަޔާޑް) އަލްމަރްޙޫމް މުޙައްމަދު ޒިޔާދުގެ ހަނދާނުގައި ވަނީ ހަމަހިމޭންކަމުގެ ސުކޫތެއް ބާއްވައިފަ -- ފޮޓޯ/ ޕޮލިސް

ދިވެހި ފުލުހުންގެ ހިދުމަތުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވާ ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް (ރިޓަޔާޑް) އަލްމަރްޙޫމް މުޙައްމަދު ޒިޔާދުގެ ހަނދާނުގައި މިރޭ، ހަމަހިމޭންކަމުގެ ސުކޫތެއް ބާއްވައިފިއެވެ.

ޒިޔާދުގެ ހަނދާނުގައި ސުކޫތު ބާއްވާފައި ވަނީ މިރޭ އޮތް 36ވަނަ ފުލުހުންގެ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައެވެ.

އެއް މިނެޓުގެ މި ސުކޫތު ބާއްވާފައިވަނީ ފުލުހުންގެ ޚިދުމަތަށާއި ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓަށް ޒިޔާދު ކޮށްދެއްވާފައިވާ އަގުހުރި ޚިދުމަތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުންނެވެ.

އޭނާ ވަނީ 25 އަހަރަށް ވުރެ ގިނަ ދުވަހު ފުލުހުންގެ ޚިދުމަތަށް ޚިދުމަތްކުރައްވާފައެވެ.

އަދި ޒިޔާދަކީ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓްގެ ލެކްޗަރާކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.

https://sun.mv/191359

އޭނާ ކުއްލި ގޮތަކަށް ނިޔާވެފައި ވަނީ މިދިޔަ ހޯމަ ދުވަހުގެ ފަތިހުއެވެ. އޭނާ ނިޔާވިއިރު އޭނާގެ އުމުރުން 44 އަހަރެވެ.

އޭނާ ނިޔާވީ ގޭގައި ހުއްޓައި ވެއްޓުމުގެ ސަބަބުން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށެވެ. ނިޔާވުމާ ހަމައަށް ވެސް އުޅުއްވީ ފުލުހުންގެ ޚިދުމަތުގައި ވަރަށް އެކްޓިވްކޮށް ކަމަށް އޭނާގެ އެކުވެރިން ބުނެއެވެ.

comment ކޮމެންޓް