ކޭޓީއާއި ގާގާ އާ އަލްބަމް ނެރެން ތައްޔާރުވެއްޖެ

ހޮލީވުޑްގެ އެންމެ ވަރުގަދަ ލަވަކިޔުންތެރިން ކަމަށްވާ ކޭޓީ ޕެރީއާއި ލޭޑީ ގާގާ އާ އަލްބަމް މި އަހަރު ރިލީޒްކުރަން ތައްޔާރުވެއްޖެއެވެ.

ކޭޓީއާއި ގާގާގެ އާ އަލްބަމް ރިލީޒްކުރުމާ ގުޅޭގޮތުން ދެ މީހުންގެ ސޯޝަލް މީޑިއާގައި މިކަމަށް ވަނީ އިޝާރާތް ކޮށްފައެވެ. އަދި, އެގޮތުން ދެ މީހުންގެ ސޯޝަލް މީޑިއާގައި ވެސް ވަނީ ޕްރޮފައިލްތައް ބަދަލުކޮށް އާ އަލްބަމާ ގުޅޭ ތީމްތައް ހިމަނާފައެވެ.

ގާގާގެ އަލްބަމް އިއުލާން ކޮށްފައިވަނީ އޭނާއާ ގުޅޭގޮތުން އެންމެ ފަހުން ތައްޔާރުކޮށްފައިވާ ޑޮކިއުމެންޓަރީ ފިލްމު "ކްރޮމެޓިކާ ބޯލް"ގައެވެ. އެ ޑޮކުމެންޓްރީ ހެދީ ގާގާ އެންމެ ފަހުން ނެރުނު އަލްބަމް "ކްރޮމެޓިކާ"އަށް ބިނާ ކޮށެވެ. އަދި، ކޭޓީ އޭނާގެ އާ އަލްބަމްގެ މަސައްކަތް ކުރަމުން އަންނަކަން އިއުލާނުކޮށްފައިވަނީ ދާދި ފަހުން ބޭއްވި އިވެންޓެއްގެ ތެރެއިންނެވެ.

ދެ މީހުންގެ އަލްބަމްގެ މަސައްކަތް ކުރަމުން އަންނައިރު ދެ މީހުން އެންމެ ފަހުން އަލްބަމެއް ނެރެފައިވަނީ 2020 ވަނަ އަހަރުގެ ތެރޭގައެވެ. އެއީ، ދެ މީހުން ހަވަނަ ސްޓޫޑިއޯ އަލްބަމެވެ.

އެއަށް ފަހު ދެ މީހުން އަމިއްލަ މިއުޒިކްތައް ފެނިފައިނުވާއިރު ދެ މީހުން ވެސް އުޅުނީ ވަރަށް ބިޒީ ކޮށެވެ. ގާގާާ ބޮޑެތި އެކްޓިން ރޯލުތަކުގެ މަސައްކަތް ކުރަމުން ދިޔައިރު އޭނާއަށް އަމިއްލަ މިއުޒިކަށް ވަގުތެއް ނުދެވުނެވެ. ކޭޓީ މަސައްކަތް ކުރަމުން ދިޔައީ އެމެރިކަން އައިޑަލްގެ ޖަޖެއްގެ ގޮތުގައެވެ.

މިހާރު ދެ މީހުންގެ ހަތްވަނަ ސްޓޫޑިއޯ އަލްބަމް ރިލީޒްކުރުމަށް ތައްޔާރުވަމުންދާއިރު އަދި އަލްބަމް ރިލީޒްކުރާނެ ތާރީހެއް ކަނޑައަޅާފައެއް ނުވެއެވެ. ނަމަވެސް، މި އަހަރުގެ ތެރޭގައި އާ މިއުޒިކް ފެންނާނެ ކަމަށް ދެ މީހުން ވެސް ޔަގީންކަން ދެއެވެ.

comment ކޮމެންޓް