ފްރާންސްގައި ޓީޗަރަކަށް ވަޅިން ހަމަލާދިން ދަރިވަރަކު ހައްޔަރުކޮށްފި

ފްރާންސްގައި 18 އަހަރުގެ ކުއްޖަކު ވަނީ އޭނާގެ އިނގިޜޭސި ޓީޒަރުގެ މޫނަށް ވަޅި ހަރާފައި - ފޮޓޯ/އިންގްލިޝް އަރަބިއާ

ފަރަންސޭސިވިލާތުގެ ހުޅަނގު ސަރަހައްދުގައި 18 އަހަރުގެ ދަރިވަރަކު އޭނާގެ އިނގިރޭސި ޓީޗަރުގެ މޫނަށް ވަޅި ހަރާފައި ފިލަން އުޅެނިކޮށް ހައްޔަރުކޮށްފިއެވެ.

ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ، އެ ހަމަލާގެ ސަބަބުން ޓީޗަރުގެ ފުރާނައަށް ނުރައްކަލެއް ނެތް ކަމަށެވެ.

ޓީޗަރުގެ ގަޔަށް ވަޅި ހަރާފައިވަނީ ލައިސީ ޑިކް ހައިރޯމް ކޮމްރިހެންސިވް ސްކޫލް ކުރިމަތީގައެވެ. އަދި، ހަމަލާދީފައިވަނީ ފަހަތުން ހިފަހައްޓާފައި ކަމަށާއި އެއީ ކްލާސް ގަޑީގައި ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.

ހަމަލާއަށް ފަހު، ދަރިވަރު ވަނީ ކުޑަދޮރުން ނުކުމެގެން ގޮސްފައި ކަމަށާއި ނަމަވެސް ފަހުން ވަނީ ހިފައްހައްޓާފައި ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.

ހަމަލާދިން ދަރިވަރު އެ ސްކޫލްގައި އުޅޭތާ ތިން އަހަރުވެފައިވާ ކަމަށާއި ހޯމަ ދުވަހު އޭނާ ސްކޫލަށް އައިސްފައިވަނީ ބަލިވެ އުޅޭތީ ސްކޫލަށް ނުގޮސް ހުރެފައި ކަމަށް ވެސް ފުލުހުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ. ހަމަލާ ދިން ވަޅި އޭނާ ގަނެފައިވަނީ މިދިޔަ ހަފުތާއެވެ.

އެ ހާދިސާ ކަމާ ބެހޭ ފަރާތްތަކުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

ފަހަކަށް އައިސް ފަރަންސޭސިވިލާތުގެ ސްކޫލްތަކުގައި އެފަދަ ހާދިސާތައް ވަރަށް ގިނައިން ހިނގައެވެ. އެ ހާދިސާތަކުގައި ޓީޗަރުންނަށާއި ދަރިވަރުންނަށް ވެސް ގެއްލުން ލިބިފައި އެބަހުއްޓެވެ.

އޭޕްރީލް މަހު ފަރަންސޭސިވިލާތުގެ ބޮޑުވަޒީރު ގެބްރިއަލް އަޓަލް ވަނީ ސްކޫލްތަކާއި ފުރާވަރުގެ ކުދިންގެ އަނިޔާވެރިކަން ހުއްޓުވުމަށް ފިޔަވަޅުތައް އަޅާނެ ކަމަށް އިއުލާނުކުރައްވައިފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް