ދިރާސީ އަހަރުގެ ކިިޔެވުން ފެށުނުއިރު އަދިވެސް ފޮތްތައް ހަމައެއް ނުވޭ

ދިރާސީ އަހަރުގެ ކިިޔެވުން ފެށުން. އަމީނިއްޔާ ދަރިވަރުންތަކެއް ސްކޫލުގައި. ކިޔެވުން ފެށުނުއިރު އަދިވެސް ފޮތްތައް ހަމައެއް ނުވޭ -- ސަން ފޮޓޯ/

ދިރާސީ އަހަަރުގެ ކިޔެވުން މިއަދު ފެށުނުއިރު އަދިވެސް ބައެއް ރަށްރަށަށް ޓެކްސްޓު ފޮތްތައް ހަމަނުވާ ކަމަށް ބައެއް ސުކޫލުތަކުން ބުނެފިއެވެ.

މިގޮތުން އަތޮޅު ތެރޭގެ ބައެއް ސުކޫލުތަކުން "ސަން" އަށް މައުލޫމާތު ދެމުން ބުނީ އެ ސުކޫލުތަކުގެ ބައެއް ގްރޭޑްތަކަށް ފޮތްތައް ހަމަ ނުވާކަމަށާއި މިދިޔަ ދިރާސީ އަހަރު ގްރޭޑްތަކުގައި ކިޔެވި ދަރިވަރުން ބޭނުންކުރި ފޮތްބައި ނެގުމަށްފަހު، ފޮތްތައް ހަމަކުރަންޖެހުނު ކަމަށެވެ.

އެހެން ސުކޫލަކުން "ސަން" އާ ވާހަކަ ދައްކަމުން ބުނީ ގިނަ ފޮތްތައް ހަމަވި ނަމަވެސް އަދިވެސް ބައެއް ފޮތްތައް ނުލިބޭ ކަމަށާއި އެ ފޮތްތައް މިހާރު ހުރީ ބޯޓުގައި ކަމަށެވެ.

މިކަމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓަރިއާ ސުވާކުރުމުން އެ އިދާރާގެ ބަހެއް ލިބިފައެއް ނުވެއެވެ.

ސުކޫލުތަކުގައި ކިޔެވުން ފެށޭއިރު ފޮތްތައް ހަމަނުވުމަކީ އާންމުކަމެކެވެ. މިގޮތުން ބައެއް ސުކޫލުތަކުގެ ގުރޭޑްތަކަށް ފޮތްބައި ހަމަނުވާއިރު ލިބޭނެ ދުވަހެއް އަދި އެޑިއުކޭޝަން މިނިސްޓަރީން ހާމަ ނުކުރާ ކަމަށް އެ ސްކޫލުތަކުން ބުންޏެވެ.

ބޮޑު ޗުއްޓީއަށް ފަހު ދިރާސީ އައު އަހަރުގެ ކިޔެވުން ހުރިހާ ސްކޫލަކުން ވެސް ވަނީ މިއަދު ފަށައިފައެވެ.

ސްކޫލުތަކުގައި މިއަދު ދިރާސީ އާ އަހަރު ފެށީއިރު، އެޑިއުކޭޝަން މިނިސްޓްރީން ބުނީ، މި އަހަރު 96،000 އަށްވުރެ ގިނަ ދަރިވަރުން އެކި ސްކޫލުތަކުގައި ކިޔަވާނެ ކަމަށެވެ.

ހުޅަނގު މޫސުމުގެ ވިއްސާރަ މުޅި ރާއްޖެއަށް ވެސް ކުރަމުން އަންނައިރު، އެޑިއުކޭޝަން މިނިސްޓްރީން ދިރާސީ އާ އަހަރުގެ ކިޔެވުން ފެށީ ކުރިން ކިޔަވައިދޭ ވަރަށް ވުރެ ވަގުތު ކުރުކޮށްލައިގެންނެވެ. އެގޮތުން، ކުރިއަށް އޮތް ދެ ދުވަހު ގިނަވެގެން ތިން ގަޑިއިރު ކިޔަވައިދޭ ގޮތަށް ވަނީ ނިންމައިފައެވެ.

comment ކޮމެންޓް