13 އަހަރުގެ ކުއްޖާ ރޭޕްކުރި މީހާ 30 ދުވަހަށް ބަންދުކުރަން ހުކުމްކޮށްފި

ޖޫން 29، 2020: ރޭޕްއާ ދެކޮޅަށް މާލޭގައި ކުރި މުޒާހަރާގެ ތެރެއިން: މުޒާހަރާގެ ބައިވެރިން ކުރިއަށް ދިއުމަށް ފުލުހުން ހުރަސް އެޅުމުން ވަނީ ހަމަނުޖެހުންތަކެއް ހިނގާފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މި މަހު 19 ވަނަ ދުވަހުގައި ފެންމަތިވި 13 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި ހައްޔަރު ކުރި މީހާ 30 ދުވަހަށް ބަންދުކުރުމަށް ހުކުމްކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން އުމުރުން 27 އަހަރުގެ ފިރިހެނަކަު ފުލުހުން ވަނީ އިއްޔެ ހައްޔަރުކޮށްފައެވެ.

އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރުކުރުމުން 20 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

އަދި މިކަމުގައި އޭނާ ފިލަން އެހީތެރިވި ކަމަށް ތުހުމަތު ކުރެވޭ 29 އަހަރުގެ ފިރިހެން މީހާ 12 ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކުރިއެވެ.

މި މައްސަލަ އަކީ ކުޑަ ކުއްޖަކު ހިމެނޭ މައްސަލައެއް ކަމުން ފުލުހުން ވަނީ މިކަން ހިނގި އަތޮޅާއި ރަށް ވެސް ސިއްރުކޮށްފައެވެ. ބަންދު ކުރި މީހުންގެ ތަފްސީލެއް ވެސް ފުލުހުން ހާމައެއް ނުކުރެއެވެ.

ފުލުހުން މީގެ ކުރިން ބުނީ، ކުޑަކުދިންނާ ގުޅުންހުރި މި ފަދަ މައްސަލަތަކަކީ ފުލުހުން ވަރަށް ސީރިއަސްކޮށް ބަލާނެ މައްސަލަތަކެއް ކަމަށެވެ.

comment ކޮމެންޓް