ހުޅުމާލެ ދެވަނަ ފިޔަވަހީގެ ބިން ހިއްކާ ސަރަހައްދު ފަޅުގައިހުރި އުޅަނދުތައް ނަގަން އަންގައިފި

ހުޅުމާލޭ ދެވަނަ ފިޔަވަހި -- ފޮޓޯ/ ޕީއެސްއެމް، އެޗްޑީސީ

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ބިން ހިއްކާ ސަރަހައްދުގައިވާ އުޅަނދުތައް ނަގަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން މިއަދު އަންގައިފިއެވެ.

އެޗްޑީސީން ނެރުނު ބަޔާނެއްގައި ބުނީ، އެ ސަރައްހަދުގައި ހުރި އުޅަނދުތައް ނެގުމަށް އެންގީ ދެވަނަ ފިޔަވަހިން ބިން ހިއްކާ ސަރައްހައްދަށް ވަންނަ ކޮޅުވެއްޓިތަކުގެ ސަބަބުން ގެއްލުން ލިބި ނުރައްކާތެރި ހާދިސާތަކެއް ދިމާވެފައިވާތީ ކަމަށެވެ.

މިގޮތުން، ކުރިއަށް އޮތް ތަނުގައި، އެފަދަ ހާދިސާއަކުން ރައްކާތެރިވުމަށް އެ ސަރަހައްދުގައި ހުރި އުޅަނދުތައް އަންނަ ބުރާސްފަތި ދުވަހުގެ ކުރިން ނެގުމަށް އެޗްޑީސީން ވަނީ އެދިފައެވެ.

https://sun.mv/182273

އަދި، އެ މުއްދަތުގެ ފަހުން ހުޅުމާލެ ދެވަނަ ފިޔަވަހީގެ ބިން ހިއްކާ ސަރަހައްދުގައި އުޅަނދުތައް އެޅުމަކީ މަނާ ކަމެއް ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.

އުޅަނދުތައް ނަގަންޖެހޭ ސަރަހައްދު

ބިންވެރިޔާ ސްކީމުގެ ދަށުން ދޫކުރުމަށް ހަމަޖެހިފައިވާ ގޯތިތަކަށް ބޭނުންވާ ބިން ހިއްކުމަށް ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ފަޅު ހިއްކަން ފަށާފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު 21ގައެވެ.

މީގެކުރިން، އެޗްޑީސީން ވަނީ ހުޅުމާލެ ތިން ވަނަ ފިޔަވަހީގެ ބިން ހިއްކަން ފެށުމަށް ފަޅުގައި ހުރި އުޅަނދުތައް ނެގުމަށް ވެސް އަންގާފައެވެ.

comment ކޮމެންޓް