ސައުދީ ރަސްގެފާނު ސަލްމާނަށް ރައީސް މުއިއްޒުގެ ހިތްވަރުގެ މެސެޖެއް

ސައުދި އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒް --

ސައުދި އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒްގެ ސިއްހީ ހާލަތު ދަށްވުމުން ރައީސް ޑރ. މުހައްމަދު މުއިއްޒު އެ މަނިކުފާނަށް ހިތްވަރުގެ މެސެޖެއް މިއަދު ފޮނުއްވައިފިއެވެ.

ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، މާތް ވެގެންވާ ދެ ހަރަމްގެ ޚާދިމް، ސަލްމާން ރަސްގެފާނުގެ ސިއްހީ ހާލުކޮޅާ މެދު ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ. އަދި، ރަސްގެފާނަށް އަވަސް ޝިފާއެއް ދެއްވާ ފުރިހަމަ ސިއްހަތެއް ދެއްވާތޯ ރައީސް ވަނީ ދުޢާދަންނަވާފައެވެ.

ސައުދީގެ ރަސްގެފާނު ކިންގް ސަލްމާން ގެންދަވަނީ ފުއްޕާމޭ ދުޅަވުމުގެ ސަބަބުން ފަރުވާ ހޯއްދަވަމުންނެވެ. ގިނަ ގައުމުތަކުގެ ވެރިން ދަނީ މިކަމާ ގުޅިގެން ރަސްގެފާނަށް ހިތްވަރުގެ މެސެޖުތައް ފޮނުއްވަމުންނެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، މި މަހުގެ ކުރީކޮޅު ރަސްގެފާނު ސަލްމާންގެ ޚާއްޞަ މެހެމާން ދާރީގައި ކުރައްވާ ޢުމްރާ ދަތުރުފުޅެއްގައި ވެސް ރައީސް މުޢިއްޒުގެ ދެކަނބަލުންނާއި ސަރުކާރުގެ ވަފުދެއް ވަނީ މަދީނާއަށް ވަޑައިގެންފައެވެ.

އެއަށް ފަހު ސައުދީ ފަންޑުގެ ވެރިޔާ ސުލްޠާން ބިން ޢަބްދުއްރަޙްމާން އަލް މަރްޝަދު ރާއްޖެ ވަޑައިގެން ދެ ގައުމުގެ ގުޅުން ވަނީ ވަރަށް ބޮޑަށް ބަދަހިވެފައެވެ.

މި އަހަރުގެ ކުރީކޮޅު ވެސް ސައުދީ ރަސްގެފާނު ހޮސްޕިޓަލުގައި އެނދުމަތިކުރެއްވިކަމަށް މީޑިއާތަކުން ރިޕޯޓުކުރިއެވެ. އެ ފަހަރު އެ މަނިކުފާނު ހޮސްޕިޓަލުގައި އެނދުމަތިކުރެއްވީ ޕޭސްމޭކަރުގެ ބެޓެރީ ބަދަލުކުރާށެވެ.

comment ކޮމެންޓް