ނާސާގެ މޫސުމާބެހޭ އާ އޭއައި ޓޫލް އިއުލާނުކޮށްފި

މޫސުމީ ބަދަލުތައް ދެނެގަތުމުގައި ނާސާވަނީ ކުރިއެރުންތަކެއް ހޯދާފައި -- ފޮޓޯ: ނާސާ

ނާސާއިން އުފެއްދި މޫސުމާބެހޭ އާ އޭއައި ޑްރައިވް ކްލައިމެޓް މޮޑެލިން ޓޫލް އިއުލާނުކޮށްފިއެވެ.

ނާސާ އާއި އައިބީއެމް ރިސާޗް އަދި އޯކް ރިޖް ނެޝަނަލް ލެބޯޓްރީ ގުޅިގެން އުފެއްދި އާޓިފިޝަލް އިންޓެލިޖެންސް މޮޑެލްގެ ސަބަބުން ލޯކަލް އަދި ރީޖަނަލް މޫސުމާއި މޫސުމާ ބެހޭ މޮޑެލްތައް ރަނގަޅު ކުރުމަށް އެހީތެރިވެދޭނެއެވެ.

ނާސާގެ އޮފިޝަލުން ބުދަ ދުވަހު ކުރި އިއުލާނެއްގައި ބުނެފައި ވަނީ ޕްރީވްތީ-ވެދަރ-ކްލައިމެޓް މޮޑެލްގައި ޑޭޓާ ސެޓްތަކުގައި ފާހަގަކުރެވިފައިވާ ޕެޓާންތައް މޫސުމާއި މޫސުމާ ބެހޭ އިތުރު ސިނާރިއޯތަކަށް އެޕްލައި ކުރުމަށް ޑޭޓާ އާއި އޭއައި އުނގެނުމުގެ ގާބިލުކަން ވަރަށް ފުޅާ ދާއިރާއެއްގައި ބޭނުންކުރާ ކަމަށެވެ.

ނާސާގެ އާތު ސައިންސް ޑިވިޝަންގެ ޑައިރެކްޓް ކެރެން ސެއިންޓް ޖާމައިން އޮންލައިން ކޮށް ނެރުނު ބަޔާނެއްގައި ބުނީ އިންސާނިއްޔަތަށްޓަކައި ނާސާގެ އާތު ސައިންސް ކުރިއެރުވުމުގެ މާނައަކީ ޢާއްމު ފަރުދުންނާއި ޖަމިއްޔާތަކާއި މުޖުތަމައުތަކަށް ބޭނުންތެރި ގޮތަކަށް އެކްޝަނަބަލް ސައިންސް ފޯރުކޮށްދިނުން ކަމަށެވެ.

ނާސާއިން ބުނީ މޫސުމާ ބެހޭ އާ މޮޑެލްގެ ސަބަބުން އަމިއްލަ ފަރުދުންނާއި މުޖުތަމައުތަކާއި ޖަމިއްޔާތަކަށް މޫސުމަށް ކުރާ ނޭދެވޭ އަސަރުތައް ރަނގަޅަށް ތައްޔާރުވެ، އިޖާބަދީ، ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.

ޕްރީވީ-ވެދަރ-ކްލައިމެޓް މޮޑެލްގެ ސަބަބުން މޫސުމުގެ ނުރައްކާތެރި ވައްޓަފާޅިތަކާއި ގުދުރަތީ ކާރިސާތައް ދެނެގަނެ އަންދާޒާކުރުމަށް ބޭނުންކުރާ ތަފާތު ކްލައިމެޓް އެޕްލިކޭޝަންތަކަށް ސައިންސްވެރިންނަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ކަމަށް ވެސް ނާސާއިން ބުނެއެވެ.

އާ މޮޑެލްގެ ސަބަބުން މޫސުމާ ބެހޭ ގޮތުން ލޯކަލައިޒްޑް އޮބްޒަވޭޝަންތައް ބޭނުންކޮށްގެން ޓާގެޓެޑް ފޯކާސްޓްތައް އުފެއްދުމަށާއި ސަރަހައްދީ ފެންވަރުގައި ސްޕޭޝަލް ރިޒޮލިއުޝަން ރަނގަޅުކުރުމާއި ފިޒިކަލް ޕްރޮސެސްތަކުގެ ސަބަބުން މޫސުމަށް އަސަރުކުރާ ގޮތުގެ ރިޕްރެޒެންޓޭޝަންތައް ރަނގަޅުކުރުމަށް އެހީތެރިވެދެއެވެ.

ނާސާގެ ސައިންސް މިޝަން ޑައިރެކްޓްރޭޓްގެ ޗީފް ސައިންސް އޮފިސަރު ކެވިން މަރްފީ ވިދާޅުވި ގޮތުގައި މި ޓްރާންސްފޯމޭޝަނަލް އޭއައި މޮޑެލްތަކުގެ ސަބަބުން ނާސާގެ ސައިންޓިފިކް ޑޭޓާ ބޭނުންކުރުމަށް ވަނުމުގެ ހުރަސް ވަރަށް ބޮޑަށް ކުޑަކޮށް ޑޭޓާ އެކްސެސިބިލިޓީ ރީޝޭޕް ކުރަމުން އަންނަ ކަމަށެވެ.

ޕްރީވެތީ-ވެދަރ-ކްލައިމެޓް މޮޑެލްއަކީ އެޓްމޮސްފެރިކް ފިޒިކްސްގެ ކޮމްޕްލެކްސް ޑައިނަމިކްސް އަށް އެޕްލައިކޮށް، ރިޒޮލިއުޝަން ދަށްނުކޮށް މޫސުމަށް ބޭނުންވާ މޮޑެލްތައް އުފެއްދުމަށް ބައެއް މައުލޫމާތު ގެއްލުނު ނަމަވެސް އެޕްލައިކުރާ މޮޑެލްއެކެވެ.

"މި މޮޑެލްތައް ހިއްސާ ކުރުމުގައި އަޅުގަނޑުމެންގެ އޯޕަން އެޕްރޯޗްގެ ސަބަބުން ދުނިޔޭގެ މުޖުތަމައުއަށް ދައުވަތު ދެނީ އަޅުގަނޑުމެންގެ ގާބިލުކަން ދެނެގަތުމަށާއި އޭގެ ބޭނުން ހިފުމަށް،" މާފީ ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި އޯޕަން އެޕްރޯޗްގެ ސަބަބުން "ނާސާގެ އިންވެސްޓްމަންޓުން އެންމެން މުއްސަނދިވެ، އޭގެ ފައިދާ އެންމެންނަށް ވެސް ލިބޭނެ" އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް