ރާއްޖޭގެ ބޮޑު ބަޔަކަށް އަނެއްކާވެސް އޮރެންޖު ސަމާލު؛ ބޯވާރެއާއެކު ކަނޑު ވަރަށް ގަދަވާނެ

ވިއްސާރަވެ ކަނޑުގަދަވުން: ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވަނީ އޮރެންޖު ސަމާލު ނެރެފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިއަދު ރާއްޖޭގެ އިތުރު ސަރަހައްދުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، މޫސުމާ ބެހޭ ގައުމީ އިދާރާއިން ބޮޑު ބަޔަކަށް އޮރެންޖު ސަމާލު ނެރެފިއެވެ.

މިއަދު އެ އިދާރާއިން މި ސަމާލު ފުރަތަމަ ނެރުނީ ހެނދުނު 9:00 އިން 12:00 އަށް ބ. އަތޮޅުން ފެށިގެން ވ. އަތޮޅާ ހަމައަށެވެ.

ފަހުން މެޓު އޮފީހުން ވަނީ މި ސަމާލު ޅ. އަތޮޅުން ފެށިގެން ވ. އަތޮޅާ ހަމައަށް، 16:00ގެ ނިޔަލަށް އިތުރުކޮށްފައެވެ.

މިހާރު މެޓް އޮފީހުން އޮރެންޖު ސަމާލު ނެރެފައިވަނީ ށ. އަތޮޅުން ފ. އަތޮޅަށް މިރޭ 19:30އިން 22:30ގެ ނިޔަލަށެވެ.

އެ އިދާރާއިން ވަނީ ބޯކޮށް ވާރޭވެހި، ގަޑިއަކު 34 މޭލާއި 40 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ލަފާކޮށްފައެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 60 މޭލަށް ވައި ގަދަވެ، ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ވެސް ވަނީ ލަފާކޮށްފައެވެ.

މޫސުން ގޯސްވަމުން އަންނާތީ މި ކަމަށް ސަމާލުވުމަށް މެޓް އޮފީހުން އިލްތިމާސް ކުރާއިރު ވިއްސާރައިގެ ސަބަބުން ލިބިދާނެ ގެއްލުމަކުން ރައްކާތެރިވުމަށް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ އެންޑީއެމްއޭ އިންވެސް ވަނީ އިރުޝާދުދީފައެވެ.

https://sun.mv/192300

އެ އޮތޯރިޓީން މިއަދު ބުނި ގޮތުގައި މިހާރު ރާއްޖެއަށް ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރައިގައި މިދިޔަ ދެ ހަފުތާގެ ތެރޭގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި 12 ހާދިސާއެއް ހިނގާފައިވެއެވެ. އޭގެ ތެރޭގައި ގިނައީ ފުރާޅު އެއްލައިލައިގެން ކޮށްފައިވާ ރިޕޯޓުތައް ކަމަށް ވެސް އެންޑީއެމްއޭއިން ބުނެފައިވެއެވެ.

comment ކޮމެންޓް