ޖައްވަށް ދިޔަ އެންމެ ދުވަސްވީމީހަކަށް 90 އަހަރުގެ އެމެރިކާ މީހެއް

ޖައްވަށްދިޔަ އެންމެ ދުވަސްވީ މީހާ އެޑް ޑްވައިޓް. އޭނާ ޖައްވަށް ދަތުރުކޮށްފައި ވަނީ އުމުރުން 90 އަހަރުގައި. ފޮޓޯ/ޔާހޫ ނިއުސް

ޖައްވަށް ދިޔަ އެންމެ ދުވަސްމީހާގެ މަގާމު އުމުރުން 90 އަހަރުގެ އެމެރިކާ މީހަކަށް ލިބިއްޖެއެވެ.

އެޑް ޑްވައިޓް ނަމަކަށް ކިޔާ އެމީހާ ޖައްވަށް ދަތުރުކޮށްފައި ވަނީ ބްލޫ އޮރިޖިންގެ ނިއު ޝެޕާޑް އެންއެސް-25 ގައެވެ.

ކުރިން އެފްރޯޓެކްޓީއެމް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޑްވައިޓަކީ 1961 ވަނަ އަހަރުވެސް ތާރީހުގައި ލިޔެވިފައިވާ ނަމެކެވެ. އޭނާއަކީ ކަޅު ނަސްލުގެ މީހުންގެ ތެރެއިން އެމެރިކާގެ ޖައްވީ އުޅަނދުގެ ކެންޑިޑޭޓެއްގެ ގޮތުގައި ދަތުރުކުރަން އޭރުގެ އެމެރިކާގެ ރައީސް ޖޯން އެފް ކެނެޑީ ހޮއްވެވި ނަމެވެ.

އޭގެ 60 އަހަރު ފަހުން އޭނާގެ ނަން އަނެއްކާވެސް މިވަނީ ތާރީހުގައި ލިޔެވިފައެވެ.

ޖައްވީ އުޅަނދުގައި ޑްވައިޓްގެ ގޮނޑި ސްޕޮންސާކޮށްފައިވަނީ ނޮންޕްރޮފިޓް ސްޕޭސް ފޯ ހިއުމަނިޓީ އާއި ޖޭސަން އެންޑް ޖޭމީ ރޮބިންސަން ފައުންޑޭޝަނުންނެވެ.

ދަތުރަށްފަހު ޑްވައިޓް ބުނި ގޮތުގައި އޭނާ ހީކުރީ މިއީ އެނާގެ ހަޔާތަށް ބޭނުންވާ ކަމެއް ނޫން ކަމެއް ކަމަށެވެ. ނަމަވެސް މިއީ ބޭނުންތެރި ކަމެއް ކަމަށް މިހާރު އެގޭ ކަމަށް އޭނާ ބުންޏެވެ. އަދި އެއީ ދިރިއުޅުން ބަދަލުކޮށްލި ތަޖުރިބާއެއް ކަމަށްވެސް ޑްވައިޓް ބުންޏެވެ.

comment ކޮމެންޓް