މަރުވެފައި އޮއްވާ ފެނުނު މީހާ ދެނެގަންނަން ތަހުލީލުތައް ހަދަނީ

މަރުވެފައި އޮތް މީހަކު ފެނުނު ގެ ކައިރީގައި ފުލުހުން ހަރަކާތްތެރިވަނީ: އެ މީހާ ފެނިފައިވަނީ މާފަންނު ރަބީއުވިލާ ގެއިން -- ސަން ފޮޓޯ/ ނާއިޝް ނާހިދު

މާފަންނު ގެއެއްގެ ގްރަންޑު ފްލޯގައި މަރުވެފައި އޮއްވާ މިއަދު ފެނުނު މީހާއަކީ ކާކުކަން ދެނެގަތުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ، އޭނާ ދެނެގަތުމަށް ސައިންޓިފިކް ތަހުލީލުތަކެއް ހަދަމުން އަންނަ ކަމަށާއި މިހާތަނަށް އެއީ ކާކުކަން ދެނެގަނެވިފައިނުވާ ކަމަށެވެ.

ފުލުހުން ބުނީ، މާފަންނު ރަބީއުވިލާ ގޭގެ ގްރައުންޑް ފްލޯގައި ފިރިހެނަކު މަރުވެފައި އޮތް ކަމުގެ ރިޕޯޓު ލިބުނީ 14:20 އެހާކަންހާއިރު ކަމަށެވެ.

މަރުވެފައި އޮތް މީހަކު ފެނުނު ގެ ކައިރީގައި ބަޔަކު މަޑުކޮށްލައިގެން: އެ މީހާ ފެނިފައިވަނީ މާފަންނު ރަބީއުވިލާ ގެއިން -- ސަން ފޮޓޯ/ ނާއިޝް ނާހިދު

މި މައްސަލައާ ގުޅޭ އެއްވެސް އިތުރު ތަފުސީލެއް މިހާތަނަށް ފުލުހުން ހިއްސާކޮށްފައެއް ނުވެއެވެ. ފުލުހުން ބުނީ، ހާދިސާއާ ގުޅޭ އިތުރު މައުލޫމާތު ލިބެމުން އަންނަ ވަރަކުން ހިއްސާކުރާނެ ކަމަށެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މިދިޔަ ބުދަ ދުވަހު ވެސް ހުޅުމާލޭގައި ވޭނެއް ތެރޭގައި މަރުވެފައި އޮތް މީހަކު ފެނިފައިވެއެވެ. އެ ދުވަހު މަރުވެފައި އޮއްވައި ފެނުނީ ބަންގްލަދޭޝްއަށް ނިސްބަތްވާ ފިރިހެނެކެވެ. އެ މީހާގެ މަރުގައި ތުހުމަތުކުރެވޭ ކަންތައްތަކެއް ނެތް ކަމަށް ފުލުހުން މީގެ ކުރިން ވަނީ ބުނެފައެވެ.

https://sun.mv/192212

އޭގެ ކުރިން މިދިޔަ ހަފުތާގެ ހޯމަ ދުވަހު ބަނޑޭރިކޮށީގެ އެޕާޓްމަންޓެއްގައި މަރުވެފައި އޮތް ދިވެހި ފިރިހެނެއް ވެސް ވަނީ ފެނިފައެވެ. އެ ދުވަހު މަރުވެފައި އޮއްވައި ފެނުނީ 30 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އެ މީހާގެ މަރުގެ މައްސަލަ އިތުރަށް ބަލަން، އެ މީހާގެ އޮޓޯޕްސީއެއް ހެދުމުގެ މަސައްކަތް ފުލުހުން އަންނަނީ ކުރަމުންނެވެ.

comment ކޮމެންޓް