ތިލަފުށީ ދެވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ ގިނަ މަސައްކަތްތައް ނިންމާލައިފި

ތިލަފުށިން މިހާރު ބިން ހިއްކާ ނިމިފައިވާ ސަރަހައްދު ---- ފޮޓޯ/ އެޗްޑީސީ

ތިލަފުށީގެ ދެވަނަ ފިޔަވަހީގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ ގިނަ މަސައްކަަތްތަކެއް ނިމިފައިވާ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން މިއަދު ބުނެފިއެވެ.

އެޗްޑީސީން ބުނީ، ސިނާއީ މަސައްކަތްތަަކަށް ޚާއްސަކޮށްގެން ބިން ހިއްކާ ތިލަފުށީގެ ދެވަނަ ފިޔަވަހި ތަރައްގީ ކުރުމުގެ ފިޔަވަހިތަކުގެ ތެރެއިން ފުރަތަމަ ފުރިހަމަ ކުރަން ޖެހޭ މަސައްކަތްތައް މިހާރު ނިންމާފައިވާ ކަމަށެވެ.

އެ މަސައްކަތް ކުރިއަށްދާއިރު، ސިނާއީ މަސައްކަތްތަކަށާއި ވިޔަފާރި ބޭނުންތަކަށް އެ ސަރަހައްދުން ބިން ވިއްކުމަށް އެޗްޑީސީން ވަނީ ހުޅުވާލައިފައެވެ.

ތިލަފުށިން މިހާރު ބިން ހިއްކާ ނިމިފައިވާ ސަރަހައްދު ---- ފޮޓޯ/ އެޗްޑީސީ

އެޗްޑީސީން ބުނި ގޮތުގައި، އެތަނުން ބިން ގަނެފައިވާ ފަރާތްތަކާއެކު ހެދިފައިވާ އެއްބަސްވުމުގައި ކަނޑައެޅިފައި ވަނީ ބިން ހިއްކުމުގެ މަޝްރޫއު ފިޔަވަހިތަކަށް ބަހާލައި، ފުރިހަމަވާ ނިސްބަތަކުން، އެ ބިންތަކުގެ ފައިސާ ދައްކާ ހަމަކުރާ ގޮތަށް ކަމަށެވެ.

https://www.sun.mv/192116

އެހެންކަމުން މަސައްކަތް ކުރިއަށް ދާ ނިސްބަތާއި ކަނޑައެޅިފައިވާ މައިލްސްޓޯން ފުރިހަމަވާ މިންވަރު ބިން ގަނެފައިވާ ފަރާތްތަކަށް އެ ކޯޕަރޭޝަނުން އަންގަމުން ދާނެ ކަމަށް އެޗްޑީސީން ބުނެއެވެ.

ކަނޑައެޅިފައިވާ ޕްލޭންއާ އެއްގޮތަށް، ތިލަފުށީގެ ދެވަނަ ފިޔަވަހީގެ މަޝްރޫއުގެ މަސައްކަތް ނިންމައި، ތަނުގެ ބޭނުން ކުރެވޭނެ ފުރުސަތު ވީހާވެސް އަވަހަކަށް ހުޅުވާލުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.

comment ކޮމެންޓް