ބުރިޖުމަތީ ހެލްމެޓު ނާޅައި ސައިކަލު ދުއްވި ދެ މީހަކު ޖޫރިމަނާކޮށްފި

ހެލްމެޓު ނާޅައި ބުރިޖު މަތިން ދުއްވި ކަމަށް ބުނާ ދެ މީހުން --

ސިނަމާލެ ބްރިޖުމަތީ ހެލްމެޓް ނާޅާ ސައިކަލު ދުއްވި ދެ މީހަކު ފުލުހުން ޖޫރިމަނާ ކޮށްފިއެވެ.

ދެ ޒުވާނުން ހެލްމެޓް ނާޅާ ބާރު ސްޕީޑުގައި ބްރިޖުމަތީ ސައިކަލު ދުއްވާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ. އެ ވީޑިއޯ ހިއްސާކުރި މީހާ ލިޔެފައިވާ ގޮތުން މި ހާދިސާ ހިނގީ އިއްޔެ އިރު އޮއްސުނު ވަގުތުއެވެ.

ވީޑިއޯ ހިއްސާކުރި މީހާ ލިޔެފައިވާ ގޮތުގައި އެ ދެ ޒުވާނުން ދަތުރުކުރީ މާލެއިން ހުޅުމާލެއަށެވެ. އަދި، އެ މަންޒަރު ފެނި، ހެލްމެޓް އަޅަން ހަނދާންކޮށް ދިން މީހަކަށް އަނިޔާކުރި ކަމަށް ވެސް އެ މީހާ ލިޔެފައިވެއެވެ.

މި ކަމާ ގުޅިގެން ފުލުހުންގެ ތަރުޖަމަނު އަހުމަދު ޝިފާން ވިދާޅުވީ، އެ ދެ މީހުންނާ މެދު ފިޔަވަޅު އަޅާ، ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ. އަދި، މަގުމަތީގެ ރައްކާތެރިކަމަށް ކޮންމެ ފަރުދަކު ވެސް އެއްބާރުލުން ދިނުމަށް އޭނާ ވަނީ އިލްތިމާސްކޮށްފައެވެ.

ބްރިޖުމަތީ ހެލްމެޓް ނޭޅުމާއި ކުޑަކުދިން ރައްކާތެރި ނޫންގޮތްތަކަށް އުފުލުން ފަދަ ކަންކަން މަދުން ނަމަވެސް ފެންމަތިވެއެވެ. މިފަދަ ހާދިސާތަކުގައި މީގެ ކުރިން ވެސް މީހުން ޖޫރިމަނާކޮށްފައިވެއެވެ.

comment ކޮމެންޓް