މަޑިފުއްޓަށް މަސްތުވާތަކެތި އެތެރެކޮށްގެން 27 އަހަރުގެ ޖަލު ހުކުމެއް

ތ. މަޑިފުށީގެ ބަނދަރުގެ މަސައްކަތް ނިންމާފައި -- ފޮޓޯ/ އެމްޓީސީސީ

މަސްތުވާތާތަކެތީގެ މައްސަލައެއްގައި ތ. މަޑިފުށީ މީހަކު 27 އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފިއެވެ.

ފުލުހުން ބުނީ މިއަހަރު ފެބްރުއަރީ މަހުގެ ފަސް ވަނަ ދުވަހުގެ ވަގުތެއްގައި ތ.މަޑިފުށި، ދޮންވެލި، ޙުސައިން ޝަރޫން މަޑިފުއްޓަށް މަސްތުވާތަކެތި އެތެރެކުރާ ކަމަށް ބުނެ ލިބުނު މަޢުލޫމާތަކާއި ގުޅިގެން ބަލައި ފާސް ކުރެވުނު ކަމަށެވެ.

އަދި އޭނާ ބަލައި ފާސްކުރިއިރު، އޭނާ އަތުން މަސްތުވާތަކެތި ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލައިގައި ތުހުމަތު ކުރެވޭ ޝަރޫންގެ މައްޗަށް ދައުލަތުން އުފުލި ދައުވާ ސާބިތުވެ، އޭނާ 27 އަހަރާއި 11 މަސް އަދި 20 ދުވަހަށް ޖަލަށް ލުމަށް މިއަދު މަޑިފުށި ކޯޓުން ވަނީ ހުކުމްކޮށްފައެވެ.

ފުލުހުން ބުނީ އަހަރުގެ މިހާތަނަށް 104 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށެެވެ.

މަސްތުވާތަކެތީގެ މި ފަދަ މައްސަލަަތައް އާންމު ގޮތެއްގައި ވެސް އަންނަނީ ހިނގަމުންނެވެ. ފުލުހުންގެ އެކި އޮޕަރޭޝަންތަކުގެ ތެރެއިން އެ ފަދަ މީހުން އަތުލައިގަނެއެވެ.

comment ކޮމެންޓް