ބްލިންކެން ޔޫކްރެއިންގައި ގިޓާ ކުޅުއްވާ ވީޑިއޯއަށް ބޮޑު ސަމާލުކަމެއް

އެމެރިކާގެ ޚާރިޖީ ވަޒީރު އެންޓޮނީ ބްލިންކެން ޔުކްރެއިންގެ ރޮކް ބޭންޑް 'ރޮކް އިން ދަ ފްރީ ވޯލްޑް'އާ އެކު ގިޓާ ކުޅުއްވައި، ވީޑިއޯއަކަށް ބޮޑު ސަމާލުކަމެއް ލިބިއްޖެއެވެ.

ޔޫކްރެއިންގެ ބާމަން ޑިކްޓޭޓްގެ ސްޓޭޖްގައި ބްލިންކެން ކުޅުއްވީ 19.99 ރޭޓުގެ ރިދަމް ގިޓައެކެވެ. ގިޓާ ކުޅުއްވާފައިވަނީ ޔުކްރެއިންއަށް ބްލިންކެން ކުރައްވަމުން ގެންދަވާ ދަތުރުފުޅެއްގައެވެ.

"ތިޔަބޭފުޅުންގެ ސިފައިންނަށް ތިޔަބޭފުޅުންގެ ރައްޔިތުން ހާއްސަކޮށް އިރުއުތުރުގައި، ވަރަށް ބޮޑަށް ތަކުލީފެއް އުފުލަމުންދޭ. ނަމަވެސް، އެ މީހުންނަށް އެނގެން ޖެހޭ އެމެރިކާ އޮތީ އެ ބޭފުޅުންނާ އެކު ކަމަށް. އަދި އެ މީހުން ހަނގުރާމަ ކުރަނީ ހަމައެކަނި މިނިވަން ޔޫކްރޭނަކަށް ނޫން، މިނިވަން ދުނިޔެއަށްޓަކައި. އަދި މުޅި ދުނިޔެވެސް އޮތީ އެ ބޭފުޅުންނާ އެކު،" ގިޓާ ކުޅުއްވަން ފެއްޓެވުމުގެ ކުރިން ބްލިންކެން ވިދާޅުވިއެވެ.

ބްލިންކެން އަކީ 61 ބިލިއަން ޑޮލަރުގެ އަސްކަރީ އެހީގެ ޕެކޭޖެއް ޔޫކްރެއިނަށް ފޯރުކޮށްދިނުމަށް މިދިޔަ މަހު އެމެރިކާގެ ކޮންގްރެސްއިން ފާސްކުރި ފަހުން ޔޫކްރެއިނަށް ޒިޔާރަތްކުރި އެމެރިކާގެ ފުރަތަމަ އިސް އޮފިޝަލެވެ.

އެމެރިކާއިން ޔުކްރެއިނަށް އަސްކަރީ އެހީ ފޯރުކޮށްދީފައިވަނީ އެހީ ދިނުން އެތައް މަސްތަކެއް ވަންދެން ހުއްޓައިލާފައި ބޭއްވުމަށް ފަހުއެވެ. އެހީ ދިނުމަށް ހުރަސް އަޅާފައިވަނީ ކޮންގްރެސްގައި ތިބި ރިޕަބްލިކަން ޕާޓީގެ މެންބަރުންނެވެ.

comment ކޮމެންޓް