އެމެރިކާގެ ބޯޓެއް ވެނެޒުއެލާއިން ހިފަހައްޓާފައިވާ ކަމަށް ވައިޓް ހައުސްގެ ގައުމީ ސަލާމަތާ ބެހޭ ތަރުޖަމާނު ޖޯން ކާބީ ވިދާޅުވެއްޖެއެވެ.
އެމެރިކާއިން އަންނަނީ އެ ބޯޓާ ގުޅޭ މައުލޫމާތު ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.
ޑިފެންސް ދެ އޮފިޝަލަކު ރޮއިޓާސްއަށް ވިދާޅުވި ގޮތުގައި އެ ބޯޓު ވެނެޒުއެލާއަށް ދަތުރުކޮށްފައިވަނީ އަމިއްލަ ބޭނުމެއްގައި ކަމަށާއި ނަމަވެސް ވެނެޒުއެލާއިން ފުރުމުގެ ހުއްދަ ދީފައިނުވާ ކަމަށެވެ.
ބޯޓު ހިފަހައްޓަފައިވަނީ ވެނެޒުއެލާގެ އިންތިޚާބު، ރައީސް ނިކޮލަސް މަދޫރޯ ކާމިޔާބު ކުރެއްވި ކަމަށް އެމެރިކާ ހިމެނޭ ގޮތަށް ބައެއް ގައުމުތަކުން ދެކޮޅު ހަދައިފައިވާ ދަނޑިވަޅެއްގައެވެ.
އެމެރިކާއާއި އާޖެންޓީނާ ހިމެނޭ ގޮތަށް ބައެއް ގައުމުތަކުން ވަނީ ޖުލައި މަހު ބޭއްވި އިންތިޚާބު ކާމިޔާބުކުރެއްވީ އިދިކޮޅު މެންބަރު ގޮންޒާލޭޒް ކަމަށް ބަލައިގެންފައެވެ.
ހޯމަ ދުވަހު އެމެރިކާގެ ކަމާބެހޭ ފަރާތްތަކުން ވަނީ ވޮޝިންޓަނުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާ ޚިލާފުވެފައިވާ ކަމަށް ބުނެ މަދޫރޯގެ އަމިއްލަ ބޭނުންތަކަށް ގަތް ކަމަށް ބުނާ ޖެޓެއް އަތުލައިގެންފައެވެ. މަދޫރޯގެ ސަރުކާރުން އެކަން ވަރަށް ބޮޑަށް ކުށްވެރިކޮށްފައެވެ.
އެމެރިކާގެ އަސްކަރިއްޔާގެ ބައެއް މެންބަރުން ވެސް ފާއިތުވި އަހަރުތަކުގެ ތެރޭގައި އެކި ގައުމުތަކުން ވަނީ ހިފަހައްޓާފައެވެ.