ރޭލަކުން އަށް އިންޗީގެ ހަރުފައެއް ފެނި، 2،700 މީހުންގެ ދަތުރަށް ބުރޫއަރައިފި

ޖަޕާނުގެ ރޭލަކުން ހަރުފައެއް ފެނިގެން 2700 މީހުންގެ ދަތުރަށް ވަނީ ބުރޫއަރާފައި -- ފޮޓޯ/ޔޫޕީއައި،ކޮމް

ޖަޕާނުގެ ރޭލަކުން ހަރުފައެއް ފެނިގެން 2،700 މީހުންގެ ދަތުރަށް ބުރޫއަރައިފިއެވެ.

އީސްޓް ޖަޕާން ރޭލް ރޯޑް ކޯއިން ބުނީ ރޭލުގައި ހަރުފައެއް އޮތް ކަމަށް ފުރަތަމަ މައުލޫމާތު ދިނީ ރޭލުން ދަތުރުކުރި މީހެއް ކަމަށެވެ.

ހަރުފަ އޮތް ކަމަށް މައުލޫމާތު ލިބުމުން އެންމެ ކައިރީގައި ހުރި ސްޓޭޝަނަށް ރޭލު ހުއްޓުވައި އޭގައި ދަތުރުކުރި އެންމެން ސްޓޭޝަނަށް މަޑުކުރުވައި، ހަރުފަ ފެނޭތޯ މުޅި ރޭލު ޗެކްކޮށްފައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ. އަދި، ރޭލު ތެރެއިން ފެނުނީ އަށް އިންޗީގެ ހަރުފައެއް ކަމަށް ކުންފުނިން ބުންޏެވެ.

ހަރުފަ މިހާރު ވަނީ ޖަޕާނު ފުލުހުންނާ ހަވާލުކޮށްފައެވެ.

އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުން ލިބިފައިވާ ކަމަކަށް ރިޕޯޓުކޮށްފައެއްނުވެއެވެ.

comment ކޮމެންޓް