ދިވެހިބަހުން ވާހަކަދައްކަން ނޭނގޭ ކަމަށް ބުނި ދިވެއްސަކަށް ތަރުޖަމާނަކު ހޯދަނީ

ފެބްރުއަރީ 15، 2021: ކްރިމިނަލް ކޯޓު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދިވެހިބަހުން ވާހަކަދައްކަން ނޭނގޭ ކަމަށް ކްރިމިނަލް ކޯޓުގައި ބުނި ދިވެއްސަކަށް ތަރުޖަމާނަކު ހޯދުމަށް ޝަރީއަތުން ފުރުސަތު ދީފިއެވެ.

ކްރިމިނަލް ކޯޓުގެ އަމުރުގައިވާ ގޮތުން މި ދިވެއްސަކީ، ހަސަން އަޖުއާން، މ. ފެންވިނަ (39އ)އެވެ.

ބިރު ދެއްކުމާއި މުދަލަށް ގެއްލުން ދިނުމުގެ މައްސަލާގައި އޭނާގެ މައްޗައް ކްރިމިނަލް ކޯޓުން ވަނީ އެއް ދުވަހަށް ބަންދުގައި ބަހައްޓަން ހުކުމް ކޮށްފައެވެ. އެއީ އިއްޔެ ބަންދުކުރުމަށް ފަހު މިއަދު ދޫކޮށްލާ ގޮތަށެވެ.

އޭނާގެ މައްޗައް ބަންދު އަމުރުކުރިއިރު، އޭނާއަކީ ދިވެހި ބަހުން ވާހަކަދައްކަން ނޭނގޭ މީހެއް ކަމަށް ވަނީ ބުނެފައެވެ. އެހެންކަމުން ޝަރީއަތުން ވަނީ އޭނާއަށް ތަރުޖަމާނެއް ހޯދުމުގެ ފުރުސަތު ވެސް ދީފައެވެ.

ކްރިމިނަލް ކޯޓުން އޭނާ ބަންދުގައި ބަހައްޓަން އަމުރުކޮށްފައި ވަނީ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމުގެ ބިރަށްޓަކައެވެ.

އެ އަމުރުގައި ވަނީ އޭނާއަކީ ހައްޔަރާއި ބަންދުގެ ރެކޯޑް އޮތް ފަރާތެއް ކަމަށެވެ.

comment ކޮމެންޓް