ހުޅުމާލެ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ މަސްތުވާތަކެތީގެ ތަހުގީގަށް މީހަކު ހާޒިރުވުމަށް އަންގައި، ފުލުހުން އެ ކަން އިއުލާންކޮށްފިއެވެ.
މި މައްސަލައިގައި ފުލުހުންގެ ތަހުގީގަށް ހާޒިރުވުމަށް އަންގާފައިވަނީ 36 އަހަރުގެ އިބްރާހީމް ރަޝީދު، ހއ. ބާރަށް ބްލޫނައިޓްއެވެ.
ފުލުހުން ބުނީ އޭނާ އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާ ކަމަށެވެ.
އެހެންވެ ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކުރާ ކަމަށް ފުލުހުން ބުންޏެވެ.
ހާޒިރުވާން އަންގާފައިވަނީ ހުޅުމާލެ ފޭސް އެކެއް ޕޮލިސް ސްޓޭޝަން ނުވަތަ އެންމެ ކައިރީގައިވާ ޕޮލިސް ސްޓޭޝަނަކަށް، 2024 މެއި 20ވަނަ ދުވަހުގެ ހެނދުނު 10:00 އަށެވެ.
މި މައްސަލައިގައި އޭނާ ހާޒިރުކުރަނީ މައްސަލައިގެ ތަހުގީގަށް ސުވާލުކުރުމަށެވެ.