އިސްރާއީލުގެ ހަމަލާތައް ޣައްޒާގެ އިރުމަތީ ޖަބަލިއާގައި ވަރުގަދަކޮށްފި

އިސްރާއީލުން ވަނީ ޣައްޒާގެ އިރުމަތީ ޖަބަލިއާއަށް ދޭ ހަމަލާތައް ވަރުގަދަކޮށްފައި. ފޮޓޯ/ފްރާންސް 24

އިސްރާއީލުގެ ހަމަލާތައް ޣައްޒާގެ އިރުމަތީ ޖަބަލިއާގައި ވަރުގަދަކޮށްފިއެވެ.

އިސްރާއީލުގެ ފައުޖުތަކުން ވަނީ ޖަބަލިއާއާއި ބައިތު ލާހިޔާގައި ތިބި އާންމުން އެ ސަރަހައްދު ދޫކޮށް ދިއުމަށް މީގެކުރިން އަންގައިފައެވެ.

ޖަބަލިއާ އަކީ ޣައްޒާގެ ތާރީހީ، އަށް ރެފިއުޖީ ކޭމްޕްގެ ތެރެއިން އެންމެ ބޮޑު ކޭމްޕެވެ. އެތަނުގައި ދިރިއުޅޭ އެއްލައްކައަށްވުރެ ގިނަ މީހުންނަކީ 1948 ވަނަ އަހަރު ކުރި އަރަބި އިސްރާއީލުގެ ހަނގުރާމައިގައި މިހާރުގެ އިސްރާއީލުގެ ރަށްތަކާއި ރަށްތަކުން ދުރުކުރި ފަލަސްތީނުގެ ދަރިކޮޅުގެ މީހުންނެވެ.

އިސްރާއީލުގެ ސިފައިން ޖަބަލިއާ ކޭމްޕަށް ވަދެފައިވާއިރު، އެ ސަރަހައްދަށް ހަމަލާތައް ދެނީ މީގެކުރިން ޣައްޒާގެ އުތުރަށް ދިން ހަމަލާތަކަށްވުރެ ވަރުގަދަ ކޮށް ކަމަށް އެ ސަރަހައްދުގައި ދިރިއުޅޭ އާންމުން ބުނެއެވެ.

"އެމީހުން އަންނަނީ ހުރިހާ ތަނެއްގައި ބޮން ގޮއްވަމުން. ގެދޮރު ގެއްލިފައިވާ މީހުން ދިރިއުޅޭ ސްކޫލްތަކުގައި ކައިރީގައިވެސް ބޮން ގޮއްވާ." ޖަބަލިއާގެ ރައްޔިތެއް ކަމަށްވާ ސާއިދު، 45، ބުންޏެވެ.

ޖަބަލިއާގެ އިތުރުން ޒައިތޫންއާއި އަލްސަބްރާއަށް ވެސް އިސްރާއީލުން އަންނަނީ ހަމަލާތައް ދެމުންނެވެ.

އިސްރާއީލުން ޣައްޒާގައި ހިންގާ އަސްކަރީ އޮޕަރޭޝަންގައި ޝަހީދުކޮށްލި މީހުންގެ އަދަދު ވަނީ 35،000 އަށް އަރައިފައެވެ. ހަމަލާތަކުގެ ސަބަބުން މުޅި ޣައްޒާއަށް ވަނީ އިންސާނީ ބޮޑު ކާރިސާއެއް ކުރިމަތިވެފައެވެ.

comment ކޮމެންޓް