އެންމެ އުސް ފަރުބަދަޔަށް 29 ފަހަރު އަރައިގެން ރެކޯޑެއް

ދުނިޔޭގެ އެންމެ އުސް ފަރުބަދަ ކަމަށްވާ މައުންޓް އެވަރެސްޓަށް 29 ފަހަރު އަރައި ރެކޯޑު މުގުރާލި ރީޓާ ޝްރްޕާ. ފޮޓޯ/ޑެއިލީ އެކްސްޕްރެސް

ދުނިޔޭގެ އެންމެ އުސް ފަރުބަދަ ކަމަށްވާ މައުންޓް އެވަރެސްޓަށް 29 ފަހަރު އަރައިގެން ނޭޕާލްގެ ރީޓާ ޝްރްޕާ ރެކޯޑު މުގުރައިލައިފިއެވެ.

އުމުރުން 54 އަހަރުގެ ޝްރްޕާއަކީ ކުރިންވެސް މައުންޓް އެވަރެސްޓަސް އަރައި ރެކޯޑު ހަދައިފައިވާ މީހެކެވެ. އޭނާ އެންމެ ފުރަތަމަ އެ ފަރުބަދަޔަށް އެރީ 1994 ވަނަ އަހަރުއެވެ.

މައުންޓު އެވަރެސްޓަށް 27 ވަނަ ފަހަރާއި 28 ވަނަ ފަހަރު ޝްރްޕާ އަރައިފައި ވަނީ މިދިޔަ އަހަރުއެވެ.

މައުންޓް އެވަރެސްޓްގެ އުސްމިނުގައި 8849 މީޓަރު ހުރެއެވެ. އެ ފަރުބަދައިގެ އެންމެ އުހަށް ޝްރަޕާއަށް އެރުނީ އާދީއްތަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ.

ނޭޕާލްގެ ސެވަން ސަމިޓް ޓްރެކްސް އިން އިންތިޒާމްކޮށްގެން ކުރިއަށް ގެންދިޔަ މި އެކްސްޕެޑިޝަންގައި 20 މީހުން ބައިވެރިވިއެވެ.

އެމީހުންގެ ތެރޭގައި ނޭޕާލްގެ ތޭރަ މީހުންގެ އިތުރުން އެމެރިކާ، ކެނެޑާ އަދި ކަޒަކިސްތާން ފަދަ ގައުމުތަކުގެ މީހުން ހިމެނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް