ކެފޭ މާރާމާރީގައި އަނިޔާވި ބަންގްލަދޭޝް މީހާގެ ހާލު ސީރިއަސް

4 ފެބްރުވަރީ 2025: ކެފޭއެއްގެ ބަދިގެތެރޭގައި ހިންގި މާރަމާރީއެއްގައި ބިދޭސީއަކަށް އަނިޔާވުން --

މާވެޔޮ މަގުގައި ހުރި ކެފޭއެއްގެ ބަދިގެ ތެރޭގައި މިއަދު މެންދުރުފަހު ހިންގި މާރާމާރީއެއްގައި އަނިޔާވި ދެ މީހުންގެ ތެރެއިން އެކެއްގެ ހާލު ސީރިއަސްކަމަށް، އައިޖީއެމްއެޗާ ހަވާލާދީ ފުލުހުން މިއަދު ބުނެފިއެވެ.

މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ފުލުހުން ބުނީ، މާވެޔޮ މަގުގައި ހުރި ކެފޭއެއްގައި މާރާމާރީއެއް ހިންގާފައިވާ މައްސަލައެއް 12:10 ހާއިރު ރިޕޯޓުކުރި ކަމަށެވެ.

ފުލުހުން ފަހުން ބުނީ އެ މާރާމާރީ ހިނގީ އެ ކެފޭގައި މަސައްކަތްކުރާ ނޭޕާލް ކައްކާއާއި، ބަންގްލަދޭޝަށް ނިސްބަތްވާ އެހީތެރިޔަކާ ދެމެދު ކަމަށެވެ.

ދެ މީހުންނަށް ވެސް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަައިރު އޭގެތެރެއިން ބަންގްލަދޭޝް މީހާގެ ހާލު ސީރިއަސްކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި މާރާމާރީ ހިނގުމަށްފަހު ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ ދައުރުވެފައެވެ. އެ ވިޑިއޯގައި ޒަޚަމުވެފައިއިން ފިރިހެނެއް ކެފޭއެއްގައި އިން މަންޒަރު ފެންނައިރު، އެމީހާގެ އަތުގަޔާއި ގަމީހުގައި ލޭހުރި ތަން ފެނެއެވެ.

އިތުރު ފިރިހެނެއް އެ މީހާ ކައިރީ ހުރިއިރު، އެ ސަރަަހައްދުގައި ފުލުހުން ހަރަކާތްތެރިވާ މަންޒަރު ވެސް ފެނެއެވެ.

އެހެން ވީޑިއޯއެއްގައި ދެ ފިރިހެނުން ކެފޭގެ ބަދިގެތެރޭގައި މާރާމާރީ ހިންގާތަން ފެންނައިރު، އެ ސަރަހައްދުގައި ލޭ ހުރި ތަން ވެސް ފެނެއެވެ.

ބިދޭސީންގެ މެދުގައި ހިންގާ މާރާމާރީތައް އިތުރުވަމުން އަންނައިރު، މިފަހުން އާޓިފިޝަލް ބީޗުގައި ވެސް ވަނީ މާރާމާރީއެއް ހިންގާފައެވެ. އެހެންވެ، އިމިގްރޭޝަނުން ވަނީ އާންމު ސަރަހައްދުތަކުގައި ބިދޭސީންގެ މެދުގައި ހަމަނުޖެހުން އުފެދޭ ފަދަ ކަންކަން އިތުރުވާތީ، ހަމަނުޖެހުން ހިންގާ ސަރަހައްދުތައް ސިލްސިލާކޮށް މޮނީޓަރުކުރުމުގެ މަސައްކަތް ވެސް ފަށައިފައެވެ.

comment ކޮމެންޓް

comment ވާހަކަ

3 month 2 week ago

ހަރުކަށި ފިޔަޅެއް ޤާނޫނެއް ނުހިގާ ތަނެއްގައި ހިންގާ ކަންކަމުގެ ވާހަކަ ކީއްކުރަން ޙަބަރުގައި ލިޔަނީ. މާދަމާވެސް ހަމަ ތިކަން އިއާދަވެދާނެ، ދެންވެސް ހަދާނެއް ނުހުންނާނެ.

comment ރުސްތުމް

3 month 2 week ago

މިހާރަކައް އައިސް ބިދޭސިން ދަނީ ބިރުވެރި މިންވަރަކައް މާރާމާރީ ހިންގަމުން. ރާއްޖޭގަ ވެރިކަން ކުރާ ފުރަމާލޭގަ ދުނިޔޭގަ އެންމެ ނާތަހުޒީބު ގައުމުތަކުގެ މީހުން އައިސް ނުފޫޒު ގަދަކުރަމުން ދާދިޔުމަކީ ގައުމިއްޔަތައް އޮއް ނުރައްކަލެއް ގޮތުގަ މިދަނީ ފެންނަމުން. ދައްކުވާނެ ތަނެއް ދައްކުވާފައޭ ގެންދަވާނީ ބުނާ ހެން ދިވެހިން މިތިއްބެވީ.