ކުރީ ފުރޮޅު ނެތި ބޮއެންގްގެ ބޯޓެއް ތުރުކީ އެއާޕޯޓަށް ޖައްސައިފި

ކުރީ ފުރޮޅު ނެތި ބޮއެންގް 767 ކާގޯ ބޯޓެއް ތުރުކީވިލާތުގެ އިސްތަންބޫލު އެއާޕޯޓަށް ޖައްސައިފައިވާ ކަމަށް އެ ގައުމުގެ ދަތުރުފަތުރާ ބެހޭ ވުޒާރާއިން ބުނެފިއެވެ.

އެ ހާދިސާއާ ގުޅިގެން އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާ ކަމަށާއި ހާދިސާއާބެހޭ ތަހުގީގެއް ކަމާބެހޭ ފަރާތްތަކުން ފަށާފައިވާ މީޑިއާތަކުން ރިޕޯޓުކުރެއެވެ.

ކުރީ ފުރޮޅު ނެތި ބޯޓު ޖައްސާ ވީޑިއޯއެއް ވެސް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ. ބޯޓުގެ ކުރީ ފުރޮޅު ނުހުޅުވުނުކަން ޕައިލެޓުންނަށް އެނގުނީ ބޯޓު ޖައްސަން އުޅުމުގެ ތެރޭގައެވެ. އެ ބޯޓު ދަތުރުކުރީ ފަރަންސޭސިވިލާތުގެ ޕެރިހުން އިސްތަންބޫލަށެވެ.

އެކަން އެގުމާއެކު އިސްތަންބޫލްގެ ކޮންޓްރޯލް ޓަވަރަށް އަންގާފައިވާ ކަމަށާއި ބޯޓު ޖެއްސީ ޓަވަރުން ދިން މައުލޫމާތާ އެއްގޮތަށް ކަމަށް ބޯޓުން މައުލޫމާތު ދިނެވެ. ނަމަވެސް އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް ބޯޓުން ހާމައެއް ނުކުރެއެވެ.

އެ ބޯޓަކީ ގާތްގަނޑަކަށް 10 އަހަރުވެފައިވާ ބޮއިންގް 767 ބޯޓެކެވެ. އެއީ 1980ގެ އަހަރުތަކުގެ 767 ޕެސެންޖާ މޮޑެލްއަށް އުފައްދައިފައިވާ ބޯޓެކެވެ.

ގުޅޭ ޓެގު
comment ކޮމެންޓް