ހާލުގައި އުޅޭ ކުޑަކުޑަ ދެ ކުދިންނަށް އަރުޖުންގެ އެހީ

އަރުޖުން ކަޕޫރު އަދި އެކްޓަރު އެހީތެރިކަން ފޯރުކޮށްދިން ޖަސްޕްރީތު އާއި އޭނަގެ ދައްތަ--ފޮޓޯ/ޓެލެގްރާފްއިންޑިއާ

އިންޑިއާގެ ނިއު ދިއްލީގެ މަގުމަތީގައި ރޯލްސް ވިއްކަމުންދިޔަ 10 އަހަރުގެ ތުއްތު ކުއްޖަކަށް އެކްޓަރު އަރުޖުން ކަޕޫރު އެހީތެރިވެދީފިއެވެ.

ކުޑަކުޑަ ޖަސްޕްރީތު ސިންއާއި އޭނާގެ ދައްތަ ތަރަންޕްރީތު އާމްދަނީ ހޯދުމަށް މަސައްކަތް ފަށާފައިވަނީ އެ ކުދިންގެ ބައްޕަ މަރުވިތާ 10 ދުވަސް ފަހުން ދިރިއުޅުމަށް ފައިސާ ހޯދުމުގެ ބޭނުމުގައެވެ.

މި ދެ ކުދިން ރޯލް ވިއްކުމުގެ މަސައްކަތް ފަށާފައިވާއިރު ކުރިން ރޯލް ވިއްކުމުގެ މަސައްކަތްކުރީ މިހާރު ދުނިޔެ ދޫކޮށްފައިވާ ދެ ކުދިންގެ ބައްޕައެވެ. މި ދެ ކުދިން އެކީގައި ރޯލް ވިއްކުމުގެ މަސައްކަތް ކުރަމުން ދިޔަ ވީޑިއޯއެއް އިންޓަނެޓުގައި ވައިރަލްވުމާ އެކު އަރުޖުންގެ ސަމާލުކަމަށް އެ ވީޑިއޯ އައިސް އެކްޓަރު ވަނީ ޖަސްޕްރީތު ސިންގްއަށް ރަnގަޅު ފެންވަރުގެ ތައުލީމު ހޯދައިދިނުމަށް އެހީތެރިވެ ދިނުމަށް ނިންމާފައެވެ.

އަރުޖުންއަށް ވުރެ ކުރިން އިންޑިއާގެ މަޝްހޫރު ބިޒްނަސް ޓައިކޫން އާނަންދު މަހިންދްރަ އަދި ބައެއް ސިޔާސީ ލީޑަރުން ވެސް ވަނީ މި ދެ ކުދިންނަށް އެހީތެރިކަން ފޯރުކޮށްދީފައެވެ.

އަރުޖުން ކަޕޫރު އެކްޓަރުގެ ބޮޑު ބޭބެ އަދި ފިލްމީތަރި އަނިލް ކަޕޫރާ އެކު--ފޮޓޯ/ބޮލީވުޑްހަންގާމާ
އަރުޖުންގެ އަމިއްލަ އިންސްޓަގްރާމްގައި ޖަސްޕްރީތުގެ ވީޑިއޯ ހިއްސާކުރަމުން ބުނީ ޢުމުރުން އެންމެ 10 އަހަރުގައި އެ ކުއްޖާ ހިތްވަރާ އެކު މަސައްކަތް އެ ކުރަނީ ލިބިފައިވާ މާޔޫސްކަމާއި ހިތްދަތިކަން މޫނުމަތިން އެއްވެސް ވަރަކަށް ނުދައްކާ ކަމަށާއި އެ ދެކުދިން ދައްކަމުން އަންނަ ހިތްވަރަށް ސެލިއުޓްކުރާ ކަމަށެވެ.

މި ޕޯސްޓާ އެކު އަރުޖުންގެ ސަޕޯޓަރުންގެ ފަރާތުން އެދިފައިވަނީ އެ ދެ ކުދިންނާ ބެހޭ މައުލޫމާތު އެނގޭނަމަ އެކްޓަރާ ހިއްސާކޮށްލަ ދިނުމަށެވެ. އިންޑިއާގެ މީޑީއާތަކުން ބުނެފައިވަނީ މި ދެ ކުދިން މިހާރު ދިރިއުޅެމުން އަންނަނީ އެ ކުދިންގެ ބޮޑުދައިތައާ އެކު ކަމަށާއި އެ ކުދިންގެ މަންމަ ވަނީ ކުދިން ދޫކޮށްލުމަށް ފަހު އިންޑިއާގެ ޕަންޖާބަށް ގޮސްފައި ކަމަށެވެ.

އިންޑިއާގައި ހާލުގައި ޖެހިފައިވާ ގިނަ ބަޔަކަށް ފިލްމީ ތަރިންގެ ފަރާތުން އެހީތެރިކަން ލިބޭއިރު ވަރަށް ގިނަ ފިލްމީ ތަރިންނަކީ އެ މީހުންގެ އަމިއްލަ އެހީދޭ ޖަމިއްޔާތައް އުފައްދާ އެ ޖަމިއްޔާތަކުގެ އެހީގައި ހާލުގައި ޖެހިފައިވާ ގިނަ ބަޔަކަށް އެހީތެރިވަމުން އަންނަ ބައެކެވެ.

comment ކޮމެންޓް