އައްޑޫ ސިޓީގައި ސްޕާއެއްގެ ގޮތުގައި ހިންގަމުންދިޔަ ތަނަކުން ދިވެހި ދެ ފިރިހެނުންނާއި ބިދޭސީ އަންހެނުންތަކެއް ހައްޔަރުކޮށްފިއެވެ.
ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ވަނީ ސްޕާއިން ބަޔަކު ހައްޔަރުކުރީ ފޭދޫގައި އިއްޔެ ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގައި ކަމަށެވެ.
އެ އޮޕަރޭޝަނުގައި ހައްޔަރުކުރީ ތައިލެންޑުގެ ތިން އަންހެނުން ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.
ބައެއް ސްޕާތަކާއި ދިވެހި ބޭސް ކްލިނިކްތަކުގައި ހަށިވިއްކާކަމުގެ ތުހުމަތުގައި މީގެ ކުރިން މީހުން ހައްޔަރުކޮށްފައިވެއެވެ. މި ފަހުން އަނެއްކާ ވެސް ހަށިވިއްކުމުގެ މައްސަލަތައް ވަނީ އިތުރުވެފައެވެ.