ބޮޑެތި ކުށްތަކަށް އަރައިގަތުމަށް ހިތްވަރު ލިބޭގަތޮށް ހަދާފައިވާ އިތުރު ޓެލެގްރާމް ޗެނަލެއް ފުލުހުން ހުއްޓުވައިފިއެވެ.
މިކަމާ ގުޅިގެން ފުލުހުން ބުނީ، "އެމްވީ ކޯލް ގާލްސް"ގެ ނަމުގައި ހިންގި ޓެލެގްރާމް ޗެނަލެއް ހުއްޓުވާ މައްސަލަ ބަލަން ފަށާފައިވާކަމަށެވެ.
މާޗު މަހުގެ 13 ވަނަ ދުވަހު ވެސް ތަފާތު އެކި ކުށްތަކަށް އަރައިގަތުމަށް ހިންގި ދިވެހި ޓެލެގްރާމް ޗެނަލްތަކެއް ފުލުހުން ހުއްޓުވިއެވެ. ފުލުހުން ބުނީ، އެއީ "ޖަޒީރާ އެޑްމިން" އާއި "ޖަޒީރާ ގާލްސް" ނަމަކަށް ކިޔާ ޗެނަލެއްގެ އިތުރުން "ޖަޒީރާ ލިންކް ޚަބަރު"ގެ ނަމުގައި ހިންގަމުން އައި ޗެނަލްތަކެއް ކަމަށެވެ.
އެ ޗެނަލްތައް މެދުވެރިކޮށް ހަށިވިއްކުމާއި މަސްތުވާތަކެތީގެ މުއަމާތުތައް ކުރާކަމަށް ވަނީ ތުހުމަތުކުރެވިފައެވެ. ފުލުހުންގެ ތަހުގީގުގައި ފަހުން ވަނީ އެ ޗެނަލް މެދުވެރިކޮށް ހަށިވިއްކުމުގެ ވިޔަފާރި ކުރުމަށް ކާރެއް ވެސް ގެންގުޅުނުކަން ހޯދިފައެވެ. އެ މައްސަލައިގައި ހައްޔަރުކުރި މީހުންނަށް ވަނީ މުއްދަތު ޖަހާފައެވެ.
ސަރުކާރުން ޚާއްސަ އިސްކަމެއް ދީގެން މިފަދަ ކުށްކުރުމަށް ހިންގާ ޗެނަލްތަކާއި ސައިޓުތައް ހުއްޓުވުމުގެ މަސައްކަތް ވަނީ ފަށައިފައެވެ. އެއާއެކު ފުލުހުން އިސް ނަގައިގެން އަންނަނީ ޝައްކުކުރެވޭ ތަންތަނާއި މީހުން ވެސް ބަލައި ފާސްކުރަމުންނެވެ.
comment އޭނާ
12 month 2 week ago
ޗެނަލްބަންދުކުރުމަކުންނުފުދޭ ތިކަމުގައުޅޭމީހުންނައް ޤާނޫނުގެތެރެއިން އަދަބުދީބަލަ. ޤާނޫނުނެތިއްޔާހެދޭވަރައް ރައްޔިތުން މެޖޯރިޓީދީފިއެއްނުން. ބޭރުމީހުންކަމައްވަންޏާ ޑީޕޯޓުކުރޭ. ކޯޓުތަކުގަތިތިބިޤާޒީންނާހަވާލުކޮއްފިއްޔާ އެއަންހެންމީހުންގެފޯނުނަންބަރުނަގާފަ ދޫކޮއްލާނީ. ދެންއެރޭގުޅާނީ އަހަންނަކީކަލޭގެމައްސަލަބަލާޤާޒީއޭކިޔާފަ. ދެންބުނާނީކޮފީއަކައްހިނގާށޭ....... ތީއެއްވެސްކަމެއްނޫނޭ..... މަށެއްނުންމައްސަލަބަލަނީ އޯކޭވާނެ ނޯވޮރީސް.. އައިހެޕީ.. ޔޫހެޕީ
comment ސުވާލު
12 month 2 week ago
ހާދަ ވައްތަރެއްގެ ޗެނެލެއް..ޗެނެލް ވެސް ހަށިވިއްކަން ނިކުތީ. ދެން ހަށިވިއްކަން ނިކުންނާނީ ކޯޗެއްބާ🤔