އިންޑޮނޭޝިއާއިން ޑުއަލް ސިޓިޒަންޝިޕް ދޭން ވިސްނަނީ

އިންޑޮނޭޝިއާއިން ފަތުރުވެރިން ޝައުގުވެރުކުރުމަށް ޑުއަޅް ސިޓޒަންޝިޕް ދިނުމަށް ނިންމަނީ -- ފޮޓޯ/ބްލޫމްބާގް

ފަތުރުވެރިން ޝައުގުވެރިކުރުމުގެ ގޮތުން އިންޑޮނޭޝިއާ ދަރިކޮޅުގެ މީހުންނަށް ޑުއަލް ސިޓީޒަންޝިޕް ދޭން ވިސްނާ ކަމަށް އެ ގައުމުގެ ކެބިނެޓްގެ އިސް ވަޒީރަކު ވިދާޅުވެއްޖެއެވެ.

އިންޑޮނޭޝިއާގައި ބޮޑެތި މީހުންނަށް ޑުއަލް ސިޓިޒަންޝިޕެއް ނުދެއެވެ.

އެ ގައުމުގެ ގާނޫނުގައިވާ ގޮތުން ދެ ޕާސްޕޯޓެއް އޮންނަ ކުޑަ ކުއްޖެއްނަމަ، 18 އަހަރު ފުރުމުން ކޮންމެ ވެސް އެއް ޕާސްޕޯޓު އިހުތިޔާރުކުރަން ޖެހެއެވެ.

މެރިޓައިމް އެފެއާޒް އެންޑް އިންވެސްޓްމަންޓްގެ ކޯޑިނޭޓިން މިނިސްޓަރު ލުހޫތު ޕަންޑްޖައިޓަން ވިދާޅުވީ ސަރުކާރުން ރާވާފައިވަނީ އިންޑޮނޭޝިއާއިން ބޭރުގައި ދިރިއުޅޭ އިންޑޮނޭޝިއާގެ ރައްޔިތުންނަށް ޑުއަލް ސިޓިޒަންޝިޕް ދިނުމަށެވެ.

ޑިރެކްޓަރޭޓް ޖެނެރަލް އޮފް އިމިގްރޭޝަންގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 2019 އިން 2022 އާ ދެމެދު ގާތްގަނޑަކަށް 4،000 އިންޑޮނޭޝިއާ މީހުން ސިންގަޕޫރުގެ ރައްޔިތުންނަށް ވެފައިވެއެވެ.

ޑުއަލް ސިޓިޒަންޝިޕްގެ މައްސަލައާ ގުޅިގެން 2016 ވަނަ އަހަރު އިންޑޮނޭޝިއާގެ ރައީސް ޖޯކޯ ވިޑޯޑޯ ވަނީ އިންޑޮނޭޝިއާގެ އެނާޖީ އެންޑް މައިން މިނިސްޓަރުކަމުގައި ހުންނެވި އާކަންޑްރާ ތާހާރު މަގާމުން ވަކޮށްފައެވެ. ތާހާރަކީ އެމެރިކާއާއި އިންޑޮނޭޝިއާގެ ޕާސްޕޯޓު ގެންގުޅެއްވާ ބޭފުޅެކެވެ.

comment ކޮމެންޓް