އިންޑޮނޭޝިއާއަށް މިނިވަންކަން ލިބުނުތާ 80 އަހަރުފުރުން ފާހަގަ ކުރުމުގެ ގޮތުން ކުރިއަށް ގެންދާ ޚާއްޞާ ކަންކަމުގެ ތެރޭގައި، ބަޔޯމެޓްރިކް ޕާސްޕޯޓެއް ތަޢާރަފު ކުރުމަށް ވަނީ ނިންމާފައެވެ.
އިންޑޮނޭޝިއާގެ މިނިވަން ދުވަހަކީ އޮގަސްޓް މަހުގެ 17 ވަނަދުވަހެވެ. 2025 ވަނަ އަހަރުގެ އޯގަސްޓް 17 ވަނަ ދުވަހަށް އެގައުމުގެ މިނިވަންކަމަށް 80 އަހަރުފުރޭނެއެވެ.
އެދުވަހާ ދިމާކޮށް އެ ގައުމުން ވަނީ އައު ބަޔޯމެޓްރިކް ޕާސްޕޯޓެއް ތަޢާރަފު ކުރުމަށް ނިންމާފައެވެ. މި އައު ޕާސްޕޯޓުގައި ބަޔޯމެޓްރިކް މަޢުލޫމާތު ހިމެނޭ ޗިޕެއް އަދި އަލްޓްރާ ވަޔޮލެޓް ފީޗާތަކާއި އިތުރު ހޮލޯގްރާމްތައް ހިމެނޭނެއެވެ.
ދެކުނު އިރުމަތީގެ ބައެއް ގައުމުތަކުގައި ވެސް ބަޔޯމެޓްރިކް ޕާސްޕޯޓް ތަޢާރަފްކުރުމުގެ މަސައްކަތްތައް ދަނީ ކުރިއަށެވެ. އެހެންނަމަ ވެސް، ލެބަނަންގައި ބަޔޯމެޓްރިކް ޕާސްޕޯޓު ދޫކުރުމުގައި ޓެކްނިކަލް އަދި ލޮޖިސްޓިކަލް ގޮންޖެހުންތަކާ ކުރިމަތިލާންޖެހިފައިވެއެވެ.
ޚާއްޞަކޮށް އެގައުމުން ބޭރުގައި ދިރިއުޅޭ ރައްޔިތުންގެ އިނގިލީގެ ނިޝާން ނެގުމުގައި ދަތިތަކާ ކުރިމަތިވެފައިވެއެވެ. މިހާރު ލެބަނަންގައި ބަޔޯމެޓްރިކް ޕާސްޕޯޓު ދޫކުރެވެނީ ހަމައެކަނި އެ ގައުމުގެ ތެރެއިން އެކަންޏެވެ.
ކެންޔާގައި ވެސް ބަޔޯމެޓްރިކް ޕާސްޕޯޓު ދޫކުރުމުގައި ލަސްތަކެއް ދިމާވެފައިވެއެވެ. ގިނަ ރައްޔިތުން ދުވަސްތަކެއް ނުވަތަ ހަފްތާތަކެއްގެ ތެރޭގައި ލިބޭނެ ކަމަށް ބުނެފައިވާ ޕާސްޕޯޓުތައް ލިބުމަށް މަސްތަކެއް ވަންދެން މަޑުކުރަން ޖެހިފައިވެއެވެ. އަދި އިމިގްރޭޝަން އޮފީސްތަކުގައި ބަޔޯމެޓްރިކް ރަޖިސްޓްރޭޝަނަށް ދިގު ކިއުތަކުގައި މަޑުކުރަން ޖެހުމަކީ ވެސް ކެންޔާގެ ރައްޔިތުން ކުރިމަތިލާންޖެހޭ އިތުރު ދަތިކަމެކެވެ.
2024 ވަނަ އަހަރުގެ ހެންލީ ޕާސްޕޯޓު އިންޑެކްސްގައި އިންޑޮނޭޝިއާގެ ޕާސްޕޯޓު 68 ވަނަ ގައި އޮތްއިރު، ކެންޔާގެ ޕާސްޕޯޓު 70 ވަނަ ގައި އަދި ލެބަނަންގެ ޕާސްޕޯޓު 96ވަނަގައި ވަނީ ރޭންކު ކުރެވިފައެވެ.
މި ތިން ގައުމުގެ ޕާސްޕޯޓުތަކުން ވީޒާ ނެތި ދަތުރުކުރެވޭ ގައުމުތަކުގެ އަދަދަށް ބަލާއިރު:
- އިންޑޮނޭޝިއާގެ ޕާސްޕޯޓުން 78 ގައުމަކަށް
- ކެންޔާގެ ޕާސްޕޯޓުން 76 ގައުމަކަށް
- ލެބަނަންގެ ޕާސްޕޯޓުން 45 ގައުމަކަށް ދަތުރުކުރެވެއެވެ.
ޖުމްލަ ގޮތެއްގައި، ބަޔޯމެޓްރިކް ޕާސްޕޯޓުތަކަކީ ދަތުރުފަތުރުގެ ލިޔެކިޔުންތަކުގެ ޒަމާނީ ވައްޓަފާޅިކަމުގައި ބެލެވޭއިރު، ގިނަ ގައުމުތަކުން މިފަދަ ޕާސްޕޯޓުތައް ތަޢާރަފުކުރުމަށް މަސައްކަތްކުރަމުންދެއެވެ. ނަމަ ވެސް، ޓެކްނޮލޮޖީގެ ގޮތުންނާއި އިދާރީ ގޮތުން ދިމާވާ ގޮންޖެހުންތަކާ ހުރެ ބައެއް ގައުމުތަކުގައި މި މަސައްކަތް ލަސްވަމުންދާކަން ފާހަގަކުރެވެއެވެ.