ހައްޖު ކޯޕަރޭޝަނުން ހައްޖަށް ގެންދާ އަގު ކުޑަކުރުމަށް މަސައްކަތްތައް ފަށައިފި

ހައްޖާޖީއަކު އެއާޕޯޓުން ނުކުމެގެން އަންނަނީ --- ސަން ފޮޓޯ/ އަބްދުﷲ ހަފީޒް

ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ދިވެހިން ހައްޖަށް ގެންދާ އަގު ކުޑަ ކުރުމުގެ މަސައްކަތްތައް ފަށާފައިވާ ކަމަށް އެ ކޯޕަރޭޝަނުން ބުނެފިއެވެ.

ރާއްޖޭން ހައްޖަށް ގެންދާ 1000 ކޯޓާ ހައްޖު ކޯޕަރޭޝަނަށް ހަވާލުކުރުމަށް އެއްބަސްވުމުގައި ސޮއިކުރެއްވުމަށް މިދިޔަ ޑިސެންބަރު 26ގައި ބޭއްވި ރަސްމިއްޔާތެއްގައި، އިސްލާމީ ކަންތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ހައްޖަށް މީހުން ގެންދާ އަގު ކުޑަކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަމަށެވެ.

މިރޭ ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަކީލް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ހައްޖު ފަންޑުން އެކި އިންވެސްޓުމަންޓުތައްކޮށް އެ ކުންފުންޏަށް އާމްދަނީ ލިބޭނެ އިތުރު ގޮތްތައް ހޯދައި، މާލީ ގޮތުން ވަރުގަދަ ކުންފުންޏަކަށް ހެދުމަށް ހައްޖަށް ގެންދާ އަގު ކުޑަކުރުމަށް ރިއަލްއެސްޓޭޓް އިންވެސްޓްމަންޓްތަކާއެކު މަސައްކަތް ފަށާފައިވާ ކަމަށެވެ.

މީގެކުރިން ޑރ. ޝަހީމް ވިދާޅުވީ އަހަރެއްހާ ދުވަސްތެރޭ ހައްޖަށް މީހުން ގެންދާ އަގު ހެޔޮ ކުރެވޭނެ ކަމަށެވެ.

https://sun.mv/186567

އެ ރަސްމިއްޔާތުގައި ޝަކީލް ވިދާޅުވީ ހައްޖު ދަތުރުދަތުގެ އަގު ހެޔޮ ކުރުމަށް އެކި ދާއިރާކުން އިންވެސްޓުކޮށްގެން ވިޔަސް ދައްކާ ފައިސާ އަދަދު ކުޑަކުރުމަށް މަޝްވަރާތައް ކުރަމުން އަންނަ ކަމަށެވެ.

comment ކޮމެންޓް