ހަށިވިއްކުމުގެ ވިޔަފާރީގައި ބޭނުންކުރި ޓެކްސީގެ ޑްރައިވަރު ހައްޔަރުކޮށްފި

މާލޭގެ މަގެއް މަތީގައި އުޅަނދުތަކެއް ޕާކުކޮށްފައި: ހަށިވިއްކުމަށް މީހުން އުފުލުމަށް ބޭނުންކުރި ޓެކްސީއެއްގެ ޑްރައިވަރު ވަނީ ހައްޔަރުކޮށްފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހަށިވިއްކުމާއި އެހެނިހެން ކުށްތަކަށް އަރައިގަތުމަށް ތައްޔާރުކޮށްފައިވާ ޓެލެގްރާމް ޗެނަލެއްގައި ހަށިވިއްކުމަށް ޚާއްސަކޮށް ގެންގުޅުނު ޓެކްސީއެއްގެ ޑްރައިވަރު ހައްޔަރުކޮށްފިއެވެ.

ފުލުހުން މިއަދު "ސަން"އަށް ބުނީ އެ މައްސަލައިގައި މިދިޔަ މަހުގެ 30 ވަނަ ދުވަހު 60 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެ މީހާއަށް އޭރު 15 ދުވަހުގެ ބަންދުގެ މުއްދަތެއް ޖެހުމަށް ފަހު، އެ މުއްދަތު ހަމަވުމުން 15 ދުވަސް އިތުރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މިދިޔަ މަހުގެ 17ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުން ވަނީ ހަށިވިއްކުމާއި ޑުރަގުގެ މުއާމަލާތްތަކަށް ބޭނުންކުރާ ޗެނަލްތަކެއް ފާހަގަވެފައިވާ ކަމަށާއި އެ ޗެނަލްތަކުން 7،000އަށް ވުރެ ގިނަ ފޮލޯވަރުން ތިބި ކަމަށް ބުނެފައެވެ.

އެޕްރީލް މަހުން ފެށިގެން ހިންގަމުން އައި ޓެލެގްރާމް ޗެނަލްތަކެއް އަތުލައިގަނެ ފުލުހުން ވަނީ ދެ މީހަކު ހައްޔަރުކޮށްފައެވެ.

https://sun.mv/189935

ފުލުހުން ބުނީ ޓެލެގްރާމް މެދުވެރިކޮށް ހަށިވިއްކުމަށް ގެންގުޅުނު ޚާއްސަ ޓެކްސީގައި އެ ވިޔަފާރިއަށް މީހުން ތަންތަނަށް ދަތުރު ކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

comment ކޮމެންޓް