ޑެޑްޕޫލްގެ ނުވަ މިނެޓު ދިގު ޓީޒަރެއް

މާވެލްގެ މަޝްހޫރު "ޑެޑްޕޫލް" ފްރެންޗައިޒްގެ ތިންވަނަ ފިލްމު "ޑެޑްޕޫލް އެންޑް ވުލްވަރީން" ފިލްމުގެ ނުވަ މިނެޓުގެ މަންޒަރެއް އާންމުކޮށްފިއެވެ.

ލަސް ވޭގަސްގައި ކުރިއަށް ގެންދާ ސިނެމާކޯންގައި މާވެލް ސްޓޫޑިއޯސް ހިންގުމާ ހަވާލުވެ ހުރި ކެވިން ފަައިގީ ވަނީ ފިލްމުގެ ތެރެއިން ނުވަ މިނެޓުގެ މަންޒަރެއް އާންމުކޮށްފައެވެ. މިއީ ސްޕޮއިލާ ނުހިމެނޭ މަންޒަރަކަށްވި ނަމަވެސް ފިލްމުގެ ތީމު މި މަންޒަރުން އެނގޭ ކަމަށް ކްރިޓީކުން ބުނެއެވެ.

މި މަންޒަރު އާންމުކޮށްފައިވަނީ ސިނެމާކޯންއަށް ހާޒިރުވި މީހުންނަށް އެކަންޏެވެ. އަދި, އާންމުންނަށް މި މަންޒަރު ރިލީޒްކޮށްފައިނުވާއިރު ވަރަށް އަވަހަށް މަންޒަރު އާންމުކުރާނެ ކަމަށް ވާހަކަ ދެކެވެއެވެ.

އަލަށް އާންމުކުރި ވީޑިއޯގައި ފިލްމުގެ ލީޑް ކާސްޓުން ފެނިގެން ގޮސްފައިވާ ކަމަށް ކްރިޓީކުން ބުނެއެވެ. އަދި, ފިލްމުގެ ރޭޓިން "އާރު" ކަމުގައި ޖައްސާފައިވަނީ އެންމެ އެކަށީގެންވާ ގޮތަށް ކަމުގައި ވެސް އެތައް ބަޔަކު ވަނީ ބުނެފައެވެ.

އާ މަންޒަރާއެކު ފިލްމު ފްރެންޗައިޒްއަށް އާ ދިރުމެއް ވަނީ ލިބިފައެވެ. ޑެޑްޕޫލްގެ ތިންވަނަ ބަޔަށް އެންމެ ފުރަތަމަ ޝައުގުވެރިކަން އުފެދިގެން ދިޔައީ ފިލްމުގައި ވުލްވަރީން ފެނިގެންދާނެ ކަމަށް އިއުލާން ކުރުމުންނެވެ. މި ރޯލު ކުޅެމުން އައި ހިޔޫ ޖެކްމަން ފިލްމުން ފެންނާނެ ކަމަށް އިއުލާނު ކޮށްފައިވަނީ މީގެ ދެ އަހަރު ކުރީންނެވެ.

އެންމެ ފަހުން ޑެޑްޕޫލް ރޯލުން ފެންނަ ރާޔަން ރެނަލްޑްސްއާއި ޖެކްމަންގެ މަންޒަރު ވަނީ ސިނެމާކޯންއިން ފެނިގެން ގޮސްފައެވެ.

ޑެޑްޕޫލްގެ ދެވަނަ ބައެއް ނެރެފައިވަނީ 2018 ވަނަ އަހަރުގައެވެ. އެއަށް ފަހު އާ ފިލްމު ނެރުމަށް ތައްޔާރު ވަނީ މި އަހަރުގެ އޮކްޓޯބަރު މަހުގައެވެ.

comment ކޮމެންޓް