މިދިޔަ ހަފުތާވި އެކްސިޑެންޓެއްގައި އަނިޔާވި ޒުވާނާ ނިޔާވެއްޖެ

މީގެކުރިން އެކްސިޑެންޓްގައި އަނިޔާވި ޒުވާނާ ވެއްޓިފައި --- ފައިލް ފޮޓޯ: އެކްސިޑެންޓް އެމްވީ

މިދިޔަ ހަފުތާގެ ހުކުރު ދުވަހު ހަވީރު ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ސީރިއަސް އަނިޔާތަކެއްވި ޒުވާނަކު މިރޭ ނިޔާވެއްޖެއެވެ.

ނިޔާވީ އުމުރުން 18 އަހަރުގެ ދ. ކުޑަހުވަދޫ، ރޭދުވާ، މުޙައްމަދު ވިޝާލެވެ. އޭނާ ނިޔާވީ އޭޑީކޭގައި ފަރުވާ ދެމުން އަންނަނިކޮށެވެ.

އެ އެކްސިޑެންޓު ހިނގީ މައުލޫމާތު ލިބޭ ގޮތުގައި ގުލްއަލާމާހިނގުން ގުޅޭ ކަންމަތީގައި ދެ ސައިކަލު ޖެހިގެންނެވެ.

މި އެކްސިޑެންޓުގެ މައުލޫމާތު އިތުރަށް ހޯދަން ފުލުހުންވަނީ މައުލޫމާތު އެނގޭ ނުވަތަ މަންޒަރު ދުށް މީހަކު ނުވަތަ ބަޔަކު ވޭތޯ ބަލަން ބޭނުންވާ ކަމަށް ވެސް ބުނެފައެވެ.

comment ކޮމެންޓް