ކުރިއަށް އޮތް ދެ ދުވަހު މުޅި ރާއްޖެއަށް ވިއްސާރަ

ވިއްސާރަ ދުވަހެއްގައި މާލޭގެ މަގުމަތި -- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ

މިއަދާއި މާދަމާ ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ވިއްސާރަ ކުރާނެ ކަމަށް، މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ބުނެފިއެވެ.

މި ގޮތުން މިއަދާއި މާދަމާ ރާއްޖޭގެ ހުރިހާ ސަރަަހައްދަކަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް މެޓް އޮފީހުން ލަފާކުރެއެވެ.

މެޓްއިން ބުނީ ދަތުރުފަތުރު ނުކުރެވޭ ވަރަށް ކަނޑުތައް ގަދަ ނޫން ކަމަށެވެ. މެޓް އިން ބުނީ މި ދެ ދުވަހު ވިއްސާރަ ވިޔަސް ވައިގަދަ ނުވާނެ ކަމަށެވެ. މެޓްއިން ލަފާކުރަނީ ދެ ދުވަސް ފަހުން ހުރިހާ ހިސާބަކަށްވެސް މޫސުން ރަގަޅު ވާނެ ކަމަށެވެ.

މިދުވަސްކޮޅަކީ ރާއްޖޭގައި ހޫނުމިން އެންމެ މައްޗަށް ދާ ދުވަސްވަރު ކަމަށް މެޓް އިން ވަނީ ބުނެފައެވެ. މިގޮތުން މިދިޔަ ބުދަ ދުވަހުގައި އިހުސާސްކުރެވޭ ފިނިހޫނުމިން މާލެ ސަރަހައްދުގައި 48 ޑިގްރީ ސެލްސިއަސްއަށް ވުރެ މައްޗަށް ވަނީ އަރާފައެވެ.

comment ކޮމެންޓް