ބަތަލާ ރަކުލް ރެސްޓޯރެންޓް ވިޔަފާރީގެ ތެރެއަށް

ބަތަލާ ރަކުލް ޕްރީތު ސިންގް--ފޮޓޯ/އިންޑިއާޓީވީނިއުސް

ދާދިފަހުން ޒަވާޖީ ހަޔާތެއްފެށި ބޮލީވުޑްގެ އުއްމީދީ ބަތަލާ ރަކުލް ޕްރީތް ސިންގް އަމިއްލަ ރެސްޓޯރެންޓެއް ހުޅުވަން ނިންމައިފިއެވެ.

މި މަހުގެ 16ވަނަ ދުވަހު "އަރަމްބަމް ސްޓާޓްސް ވިތު މިލެޓް"ގެ ނަމުގައި ހުޅުވާ މި ރެސްޓޯރެންޓް ހުޅުވަން ހަމަޖެހިފައި ވަނީ އިންޑިއާގެ ހައިދަރުއާބާދުގައެވެ.

ބަތަލާ ރަކުލް އެފް އެންބީ ސެކްޓާއާ ގުޅުމަށްފަހު ކުރާ ފުރަތަމަ މި އިންވެސްޓްމެންޓް އަކީ މަޝްހޫރު ކްލައުޑް ކިޗަން އަދި އެފްއެންޑްބީ ކުންފުނި ކިއޯފުޑްސްއާ ގުޅިގެން ކޮށްފައިވާ އިންވެސްޓްމެންޓެކެވެ. ފަހަކަށް އައިސް ބޮލީވުޑްގެ ގިނަ ފިލްމުތަކުން ފެންނަ ބަތަލާގެ މި ރެސްޓޯރެންޓުގެ ހާއްސަ ކަމަކީ ހަށިގަނޑަށް ފައިދާހުރި ދުޅަހެޔޮ ކާނާ ތީމެއްގެ ގޮތުގައި ހެދުމަށްފަހު ސިއްހަތާ ރައްޓެހި ކެއުންތައް ލިބުންކަމަށް ބަތަލާ ވަނީ ބުނެފައެވެ.

ބަތަލާ ރަކުލް އަކީ ހަށިގަނޑު ދުޅަހެޔޮކަންމަތީ ބެހެއްޓުމަށް މަސައްކަތްކޮށް އާއްމުން އެކަމަށް ހޭޅުންތެރިކުރުމަށް އިސްކަންދޭ ބަތަލާއެކެވެ. ރަކުލްގެ ރެސްޓޯރެންޓް "އަރަމްބަމް ސްޓާޓްސް ވިތު މިލެޓް"ގެ ބްރޭންޑް އެމްބެސެޑަރެއްގެ ގޮތުގައި އާއްމުންނަށް ފެންނާނީ ވެސް ޚުދު ރަކުލްކަމަށް ބަތަލާ ވަނީ ބުނެފައެވެ.

ރަކުލް އާއި ފިރިމީހާ އަދި ފިލްމު ޕްރޮޑިއުސަރު ޖެކީ ބަގްނާނީގެ ކައިވެނީގެ ހަފްލާގެތެރެއިން--ފޮޓޯ/ޕިންކްވިލާ
އަމިއްލަ ރެސްޓޯރެންޓެއް ހުޅުވާކަން އިއުލާނު ކުރަމުން ބަތަލާ ބުނެފައި ވަނީ އެއީ ހަމައެކަނި ރެސްޓޯރެންޓެއް ނޫން ކަމަށާއި އެއީ ދުޅަހެޔޮ ސިއްހަތެއް ގާއިމުކުރުމަށާއި ދިރިއުޅުމުގެ ވަށްޓަފާޅިއަށް ހެޔޮ ބަދަލުތަކެއް ގެނައުމަށް އާއްމުންނަށް ހިތްވަރުދިނުމުގެ ގޮތުން ފަށާ ފުރަތަމަ މަސައްކަތް ކަމަށެވެ. ބަތަލާގެ އުއްމީދަކީ ކްލައުޑް ކިޗަން އަދި އެފްއެންޑްބީ ކުންފުނި ކިއޯފުޑްސްއާ ގުޅިގެން ކުރިމަގުގައި ވެސް މި ވިޔަފާރި އިންޑިއާގެ އެކި ސަރަހައްދުގައި ފުޅާކުރުން ކަމަށް ރަކުލް ވަނީ ބުނެފައެވެ.

ބަތަލާ ރަކުލް ރެސްޓޯރެންޓް ވިޔަފާރިއަށް ވަދެފައިވާކަން އިއުލާނު ކުރިއިރު ބޮލީވުޑްގެ ބަތަލާއިން ކަމަށްވާ ސުޝްމިތާ ސެން، ޝިލްޕާ ޝެޓީ އަދި ޕްރިޔަންކާ ޗޯޕްޅާ އަކީ ރެސްޓޯރެންޓް ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރާ ތަރިންނެވެ. މީގެއިތުރުން އެކްޓަރު ޝާހްރުކް ޚާންގެ އަންހެނުން ގޯރީ ޚާން ވެސް ވަނީ ދާދިފަހުން އަމިއްލަ ރެސްޓޯރެންޓެއް އިންޑިއާގެ މުމްބާއީގައި ހުޅުވާފައެވެ.

comment ކޮމެންޓް