އަންހެނުން ސްރީދޭވީގެ ބައޮޕިކް އުފެއްދުމާ ބޮނީ ދެކޮޅު

ބޮނީ ކަޕޫރު އަންހެނުން ސްރީދޭވީއާ އެކު-- ފޮޓޯ/ޓްރިބިއުން

ކުރީގެ ފިލްމީ ބަތަލާ އަދި ފިލްމު ޕްރޮޑިއުސަރު ބޮނީ ކަޕޫރުގެ އަންހެނުން ސްރީދޭވީގެ ހަޔާތާ ގުޅޭގޮތުން ބައޮޕިކް އުފެއްދުމާ ދެކޮޅުކަމަށް ބޮނީ ކަޕޫރު ބުނެފިއެވެ.

ސްރީދޭވީގެ ހަޔާތުގެ މައްޗަށް ބިނާކޮށް ބައޮގްރަފީއެއް ނެރޭނެކަން މިދިޔަ އަހަރުގެ ފެބްރުއަރީ މަހު އިއުލާނުކޮށްފައިވާއިރު މި ބައޮގްރަފީ ނެރޭނީ ސްރީދޭވީގެ އާއިލާއާ ގާތް ގުޅުމެއް އޮންނަ ލިޔުންތެރިޔާ ދީރަޖް ކުމާރެވެ.

ޒުވާން ފިލްމީ ތަރިން ކަމަށްވާ ޖާންވީ އަދި ޚުޝީގެ މަންމަ ސްރީދޭވީ އަކީ އަބަދުވެސް އަމިއްލަ ދިރިއުޅުމުގެ ކަންކަން ވަރަށް ޕްރައިވެޓްކޮށް ބޭއްވުމަށް ލޯބިކުރި ފަރާތެއްކަން ބޮނީ ވަނީ ފާހަގަކޮށްފައެވެ. އެހެންވެ ބޮނީ ކަޕޫރު ދިރިހުރިހާ ދުވަހަކު ބޭނުންވަނީ އަންހެނުން ސްރީދޭވީގެ ހަޔާތުގެ ވާހަކަ އެގޮތަށް ބޭއްވުމަށް ކަމަށް ކާމިޔާބު ޕްރޮޑިއުސަރު ވަނީ ބުނެފައެވެ.

ޑީއެންއޭއަށް ދިން އިންޓަވިއުއެއްގައި ބޮނީ ބުނެފައި ވަނީ ސްރީދޭވީގެ ބައޮޕިކްއެއް ސިނަމާއަށް ގެނައުމުގެ ހުވަފެން ބަޔަކު ދުށްކަމަށް ވިޔަސް އެ ހުވަފެން ދުށުން ހުއްޓާލުމަށް އެދޭ ކަމަށެވެ.

ބޮނީ ކަޕޫރު އަންހެނުން ސްރީދޭވީ އަދި ދެ ކުދިން ޖާންވީ އާ ޚުޝީއާ އެކު-- ފޮޓޯ/އޭޝިއަންއޭޖް
އިންޑިއާގެ ފިލްމު އިންޑަސްޓްރީގައި 50 އަހަރަށްވުރެ ދިގު މުއްދަތަކަށް ހަރަކާތްތެރިވި ކުރީގެ ބަތަލާގެ ކުއްލި މަރާ އެކު ބޮނީ ކަޕޫރަށާއި އާއިލާއަށް ފުން ހިތާމައެއް ކުރިމަތިވިއެވެ. ސްރީދޭވީގެ މަރާ ގުޅިގެން ދަރިފުޅު ޖާންވީ އެކި ފަހަރުމަތިން މީޑިއާއަށް ދިން އިންޓަވިއުތަކުގައި ބުނެފައި ވަނީ ބައްޕަ ބޮނީ ކަޕޫރާއި މަންމަ ސްރީދޭވީ އަކީ ހަޔާތުގެ ބައިވެރިންގެ އިތުރުން ވަރަށް ގާތް ދެ ރަހްމަތްތެރިން ކަމަށެވެ.

އެހެންވެ މަންމަގެ ކުއްލި ވަކިވުމާ ގުޅިގެން ބައްޕަ ބޮނީގެ ދިރިއުޅުން ވަރަށް އެކަނިވެރިކަމަށާއި ނަމަވެސް އާއިލާގެ މެމްބަރުންގެ އެހީތެރިކަމާ އެކު އެ ހިތާމައިން އަރައިގަންނަން މަސައްކަތް ކުރާކަމަށެވެ.

ސްރީދޭވީ މަރުވެފައި ވަނީ 2018ވަނަ އަހަރު ދުބާއީގައި އޮތް އާއިލީ ކައިވެނީގެ ހަފްލާއެއްގައި ބައިވެރިވުމަށް ގޮސް ހުއްޓައެވެ. ސްރީދޭވީ އާއި ބޮނީ މަޑުކޮށްގެން ތިބި ހޮޓެލްގެ ބާތު ޓަބްގައި ކުރީގެ ބަތަލާ މަރުވެފައި އޮތްވާ ފެނުނީ ވެސް ބޮނީ ކަޕޫރަށެވެ.

comment ކޮމެންޓް