ރާއްޖެ އެތެރެކުރަން އުޅުނު 3.3 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފި

ކުރިއާ މެދުވެރިކޮށް އެތެރެކުރަން އުޅުނު މަސްތުވާތަކެތި--

ކުރިއާ މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު 3.3 ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގަނެފިއެވެ.

މިކަމާއި ގުޅިގެން ކަސްތަމްސް އިން ބުނީ މިތަކެތި އަތުލައިގަނެފައިވަނ،ީ ކުރިއާ މެދުވެރިކޮށް ރާއްޖެއަށް ގެނެސްފައިވާ ދެ ޕެކޭޖެއް ބަލައި ފާސްކުރުމުގެ ތެރޭގައި ޝައްކުކުރެވޭ ޒާތުގެ ބާވަތެއް ހުރުމުން އިތުރަށް ބަލާ ފާސްކުރުމުގެ ތެރޭގައި ކަމަށެވެ.

އެ ޕެކޭޖުތައް ކަސްޓަމްސްއިން ބަލައި ފާސްކޮށްފައިވަނީ މިދިޔަ މަހުގެ 20 ވަނަ ދުވަހެވެ.

ކަސްޓަމްސް އިން ބުނީ އެ ދުވަހު ބަލާ ފާސްކުރެވުނު ދެ ޕެކޭޖްގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ފެނިފައިވާއިރ،ު ފުރަތަމަ މަރުހަލާގައި ކަސްޓަމްސްއިން މި ތަކެތި ތަޙުލީލުކުރިއިރ،ު މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ސިންތެޓިކް ކެތިނޯނަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.

އެގޮތުން ބަލައި ފާސްކުރި ފުރަތަމަ ޕެކޭޖުން ފެނުނު މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމްލަ 3.1 ކިލޯގުރާމް ހުރި ކަމަށް ކަސްޓަމްސްއިން މައުލުމާތު ދެއެވެ. އަދި ދެވަނަ ޕެކޭޖުން ފެނުނު މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމްލަ 210 ގުރާމް ހުރި ކަމަށް ވެސް އެ އިދާރާއިން ވަނީ ބުނެފައެވެ.

މުޅި ޖުމްލަ މި ދެ ޕެކޭޖު ބަލައި ފާސްކޮށް އަތުލައިގަތް މަސްތުވާތަކެތީގެ ބަރުދަނުގައި 3.3 ކިލޯ ހުރި ކަމަށް ކަސްޓަމްސްއިން ވަނީ މައުލޫމާތު ދީފައެވެ.

އަދި މިހާރު މި މައްސަލަތައް އިތުރަށް ތަހުގީގު ކުރުމަށް ޓަކައ،ި މަސްތުވާތަކެތި ފުލުހުންނާ ހަވާލު ކޮށްފައިވާ ކަމަށް ވެސް އެ އިދާރާއިން މައުލޫމާތު ދެއެވެ.

މި އަހަރުގެ ޖެނުއަރީ މަހު ވެސް ޕޯސްޓު މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު އެއް ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި ކަސްޓަމްސްއިން ވަނީ އަތުލައިގަނެފައެވެ.

comment ކޮމެންޓް