އީސީގެ މެންބަރު ކަމަށް ޒަކަރިއްޔާ އައްޔަންކުރަން މަޖިލީހުން ފާސްކޮށްފި

އިލެކްޝަންސް ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަައި ޒަކަރިއްޔާ (ވ): އޭނާ މެންބަރުކަމަށް އައްޔަންކުރަން މަޖިލީހުން ވަނީ ފާސްކޮށްފައި -- ސަން ފޮޓޯ/ މުހައްމަދު ޝާތިއު

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ނައިބު ރައީސް އިސްމާއިލް ހަބީބުގެ މެންބަރުކަމުގެ ދައުރު ހަމަވުމާ ގުޅިގެން ހުސްވި މަގާމަށް, އެ ކޮމިޝަންގެ ސެކެޓްރީ ޖެނެރަލް ހަސަން ޒަކަރިއްޔާ އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

މަޖިލީހުގައި ނެގި ވޯޓުގައި ޒަކަރިއްޔާ މެންބަރުކަމަށް އައްޔަންކުރަން ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 39 މެންބަރުންގެ އިއްތިފާގުންނެވެ.

ހަބީބުގެ މެންބަރުކަމުގެ ދައުރު ހަމަވީ މިދިޔަ މަހުގެ 13 ވަނަ ދުވަހުއެވެ. އޭނާ އީސީގައި ދެ ދައުރު މަސައްކަތްކުރައްވާފައި ވާތީ، ގާނޫނު ބުނާ ގޮތުން އިދުރު ދައުރެއް އަދައެއް ނުކުރެވޭނެއެވެ.

https://sun.mv/189776

އޭގެ ކުރިން، އީސީގެ މެންބަރުކަމަށް ކުރިމަތިލާން އާންމުކޮށް އިއުލާނުކުރުމުން ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ރައީސް ޑރ. މުޙައްމަދު މުއިއްޒަށް ފެނިވަޑައިގެން ބޭފުޅާގެ ގޮތުގައި ޒަކަރިއްޔާގެ ނަން މަޖިލީހަށް ފޮނުއްވެވީ މިދިޔަ ފެބްރުއަރީ މަހުގެ 20ގައެވެ.

ހަބީބްގެ ފަހުން އީސީގެ ނައިބު ރައީސްކަމަށް އައްޔަންކޮށްފައިވަނީ ޢަލީ ނަޝާތެވެ.

އީސީގެ ރައީސް ފުއާދު ތައުފީގު ވެސް މިހާރު ހުންނެވީ ދެވަނަ ދައުރެއްގައެވެ. އޭނާގެ ދައުރު ހަމަވާނީ ނޮވެމްބަރު މަހުއެވެ.

comment ކޮމެންޓް