ފުރޭތަ ވަރަށް ކާމިޔާބު، ޑާކްރެއިންއަށް ބޮޑު ހިތްވަރެއް

ކާމިޔާބު ޝޯތަކަކަށް ފަހު ޑާކްރެއިންގެ ރިވެންޖު ތުރިލާ ފިލްމު "ފުރޭތަ" އޮލިމްޕަހުގައި ދައްކައި ނިންމާލައިފިއެވެ.

ޑާކްރެއިންއިން މިއަހަރު ދެއްކި ފުރަތަމަ ފިލްމު "ފުރޭތަ" ޕްރިމިއާ ކޮށްފައިވަނީ މި މަހުގެ ހަތަރުވަނަ ދުވަހެވެ. އެއަށްފަހު ފިލްމުގެ އެންމެ ފަހު ޝޯ ދައްކާފައިވަނީ މިދިޔަ ހުކުރު ދުވަހުގެ ރޭގައެވެ. އޮލިމްޕަހުގައި ފުރޭތަ ދެއްކުން ނިންމާލާފައިވަނީ ކާމިޔާބު ޝޯތަކަކަށް ފަހުގައެވެ.

ފިލްމަށް އާންމުންނާއި އެހެން ފަންނާނުންގެ ފަރާތުން ލިބެމުން ހަމަ ދިޔައީ ހުސް ތައުރީފެވެ. ބެލުންތެރިން ބުނާ ގޮތުގައި ފިލްމު ހަމަ އެހާ މޮޅީއެވެ. އަދި ހަމަ އެހާ ތަފާތީއެވެ.

ބެލުންތެރިންގެ މި ހިޔާލުތަކާއެކު ޑާކްރެއިންއަށް ވަނީ އިތުރު ހިތްވަރެއް ލިބިފައެވެ. ޑާކްރެއިން އިން ދާދިފަހުން ހާމަކޮށްފައިވާ ގޮތުގައި ފިލްމަށް ލިބުނު ފީޑްބެކް އާއެކު މުޅި ޓީމް ވަނީ އިތުރަށް މޯޓިވޭޓް ވެފައެވެ. އަދި އާންމުންގެ ބަލައިގަތުމާއެކު ފިލްމުތަކުގެ ކޮލިޓީ އިތުރަށް ވަރުގަދަ ކުރުމަށް އަޒުމު ކަނޑައަޅާ ކަމަށްވެސް ޑާކްރެއިން އިން ބުނެއެވެ.

ޑާކްރެއިން އިން ވަނީ ބެލުންތެރިންގެ ތަރުހީބަށް ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފައެވެ.

ފުރޭތައިގެ ފިލްމުގައި ލީޑުން ފެނިގެން ގޮސްފައިވާނީ އިންޑަސްޓްރީގައި މިހާރު ބޮޑު މަގުބޫލުކަމެއް ހޯދަމުން އަންނަ ތަރި ޝަރަފު ޢަބްދުﷲއެވެ. ފިލްމުގެ އިތުރު ރޯލުތަކުން ރަވީ ފާރޫގާއި މުހައްމަދު މަނިކާއި އަހުމަދު ސައީދު އަދި މުހައްމަދު ރިފްޝާނާއި އަލީ ނަދީހާއި އާމިނަތު އަސީލާ ފަދަ އެކްޓަރުން ފެނިގެން ގޮސްފައިވެއެވެ.

މި ފިލްމުގެ ސްކްރީންޕްލޭގެ މަސައްކަތް އަހުމަދު ތޮލާލު ކުރިއިރު ފިލްމުގެ ޑައިރެކްޓަރަކީ އަހުމަދު ޝިފާއު (ޗިއްޕެ)އެވެ. މި ފިލްމަކީ މުހައްމަދު އަލީ (މޮގާ) ޕްރޮޑިއުސް ކުރާ ފިލްމެކެވެ. މި ފިލްމުގެ މަންޒަރުތައް ނަގައިފައިވަނީ އަހުމަދު ޒިފާފެވެ.

comment ކޮމެންޓް