އެމްއެމްޕީއާރުސީން ގިނަ ވަޒީފާތަކަކަށް މުވައްޒަފުން ހޯދަނީ

އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ފާތިމަތު ތައުފީގު ވިދާޅުވުން -- ސަން ފޮޓޯ/

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ން ގިނަ އަދަދެއްގެ ވަޒީފާއަށް މުވައްޒަފުން ހޯދަން އިއުލާނު ކޮށްފިއެވެ.

އެ ކުންފުނިން މުވައްޒަފުން ހޯދަން އިއުލާނު ކޮށްފައިވާ މަގާމުތަކުގެ ތެރޭގައި:

  • މެނޭޖާ، ސޭލްސް
  • ސީނިއާ މެނޭޖާ، ޕްރޮކިއުމަންޓް
  • ކޮމްޕެނީ ސެކްރެޓަރީ / ބޯޑް ޕީއޭ
  • ސީނިއާ މާކެޓިން ކޯޑިނޭޓާ
  • ޑިރެކްޓާ، އެޗްއާރް
  • ސޯޝަލް މީޑިއާ އެސިސްޓެންޓް، ހިމެނެއެވެ.

މިއިން ކޮންމެ މަގާމަކަށް ވެސް ހޯދަނީ އެންމެ މުވައްޒަފެކެވެ. ނަމަވެސް ސީނިއާ މާކެޓިން ކޯޑިނޭޓާގެ މަގާމަށް ދެ މުވައްޒަފުން ހޯދަން އެ ކުންފުނިން ވަނީ އިއުލާނު ކޮށްފައެވެ.

މީގެ ތެރެއިން ގިނަ މަގާމުތަކަށް ކުރިމަތިލުމުގެ މުއްދަތު މާދަމާ މެންދުރު 12:00 ހަމަވާއިރު، ސޭލްސް މެނޭޖަރުގެ މަގާމަށް ކުރިމަތިލުމުގެ ސުންމިނެޓަކީ އަންނަ ބުރާސްފަތި ދުވަހުގެ 12:00 އެވެ.

ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯމާއި ހުށައަޅަންޖެހޭ ލިޔެކިޔުންތައް ކުންފުނީގެ މެއިލް އެޑްރެހަށް މެއިލް ކުރުމަށް އެ ކުންފުނިން ވަނީ އެދިފައެވެ.

ވަޒީފާގެ ޝަރުތުތަކާއި، މަގާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް އަދި ވަޒީފާއާ ބެހޭ އިތުރު މައުލޫމާތު ގެޒެޓުގައި ޝާއިއުކޮށްފައި ވެއެވެ.

އެމްއެމްޕީއާރުސީއަކީ ބޭރުގެ ގައުމުތަކަށް ރާއްޖޭގެ ފަރުތުވެރިކަން އެކި ގޮތްގޮތަށް މާކެޓްކުރާ ކުންފުންޏެކެވެ.

comment ކޮމެންޓް