އެމްއެމްޕީއާރުސީގެ ޑީއެމްޑީ ބައްސާމް ސަސްޕެންޑުކޮށްފި

ބައްސާމް އާދަމް ----

ޖިންސީ ފުރައްސާރަ ކުރި ކަމުގެ މައްސަލައެއްގައި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ބައްސާމް އާދަމް ސަސްޕެންޑުކޮށްފިއެވެ.

"ސަން"އަށް އެނގިފައިވާ ގޮތުން ބައްސާމް ސަސްޕެންޑު ކޮށްފައިވަނީ އިއްޔެއެވެ.

އެގޮތުން ބައްސާމް އެކުންފުނީގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ފުރައްސާކުރި ކަމަށް ތުހުމަތުވާ މައްސަލައެއް ސޯޝަލް މީޑީއާގައި ވަނީ އާންމުވެފައެވެ.

މިކަމާ ގުޅިގެން އެމްއެމްޕީއާރުސީން މިހާތަނަށް ރަސްމީކޮށް ބަހެއް ބުނެފައެެއް ނުވެއެވެ.

އެކަމަކު އެމްއެމްޕީއާރުސީން އިއްޔެ އާންމުކުރި ބަޔާނެއްގައިވާ ގޮތުން އެކުންފުނީގެ މުވައްޒަފަކާއި ގުޅޭ ގޮތުން ސޯޝަލް މީޑީއާގައި ދައުރުވަމުންދާ މައްސަލައެއް އެއްވެސް މުވައްޒަފަކު ރަސްމީކޮށް ހުށަހަޅާފައިނުވެއެވެ.

ނަމަވެސް މެނޭޖްމަންޓަށް ލިބިފައިވާ މައުލޫމާތަކާއި ގުޅިގެން އެކަމުގެ ސައްހަކަން ކަށަވަރުކުރުމާއި މެނޭޖްމަންޓުން އަޅަން ޖެހޭ ފިޔަވަޅު އެޅުމަށް ޑިސިޕްލިނަރީ ކޮމިޓީއަށް އެކަން ހުށަހަޅާފައިވާ ކަމަށް އެ ބަޔާނުގައިވެއެވެ.

އެމްއެމްޕީއާރުސީން ބުނީ ޖިންސީ ފުރައްސާރައިގެ މައްސަލަތަކަކީ އެކުންފުނިން ބަލައިގަންނާނެ ކަމެއް ނޫން ކަމަށާއި އެ ފަދަ އަމަލެއް ކުރާ މުވައްޒަފަށް އެންމެ ހަރުކަށި ފިޔަވަޅު އަޅުއްވާނެ ކަމަށެވެ.

comment ކޮމެންޓް