ޖަޕާނުން ރާއްޖެއަށް ހަ މިލިއަން ޑޮލަރުގެ ހިލޭ އެހީ ދެނީ

މިނިސްޓާ އޮފް ފޯރިން އެފެޔާޒް މޫސާ ޒަމީރު އަދި ޖަޕާނުގެ ސަފީރު ޓަކިއުޗީ މިޑިއޮރީ---ފޮޓޯ

ޖަޕާނުން ރާއްޖެއަށް ހަ މިލިއަން ޑޮލަރުގެ ހިލޭ އެހީ ދިނުމުގެ ހަތަރު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.

މިއަދު ފޯރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ދިވެހި ސަރުކާރުގެ ފަރާތުން އެ ހަތަރު އެެއްބަސްވުމުގައި ސޮއިކުރެއްވީ ފޮރިން މިނިސްޓަރު މޫސާ ޒަމީރެވެ. އަދި ޖަޕާނުގެ ފަރާތުން ސޮއިކުރެއްވީ އެގައުމުން ރާއްޖެއަށް ހަމަޖައްސާފައި ހުންނަ ސަފީރު ޓަކިއުޗީ މިޑޮރީއެވެ.

އެ ހަތަރު އެއްބަސްވުމަކީ:

  • ޖަޕާންގެ އިކޮނޮމިކް ކޯޕަރޭޝަން ގްރާންޓް އެކްޓްގެ ދަށުން، ރާއްޖޭގެ ކަސްޓަމްސްއިން ޕެޓްރޯލް ކުރަން ބޭނުންކުރާނެ އުޅަނދެއް ދިނުމަށް
  • ކަނޑުމަތީ އަދި ސަރަޙައްދީ ރައްކާތެރިކަން އިތުރުކުރުމަށް 260 މިލިއަން ޖަޕަނީސް ޔެން ދިނުމަށް
  • ގުދުރަތީ ކާރިސާއަކުން ދިމާވެދާނެ ގެއްލުންތަކުން ރައްކާތެރިވުމަށް 600 މިލިއަން ޖަޕަނީސް ޔެން ދިނުމަށް
  • ދިވެހިރާއްޖޭގެ ކަސްޓަމްސް ސާވީސްއިން ޕެޓްރޯލް ކުރުމަށް ބޭނުންކުރާ އުޅަނދުތަކަށް ބޭނުންވާ ވަސީލަތްތައް ހޯދުމަށް 56 މިލިއަން ޖަޕަނީސް ޔެން ދިނުމަށް

އެ ރަސްމިއްޔާތުގައި ޒަމީރު ވަނީ ޖަޕާނުން ރާއްޖެއަށް ދެމުންދާ އެހީއަށް ޝުކުރު އަދާކުރައްވައި އެ އެހީއަކީ ރާއްޖޭގެ އިގުތިސާދީ އަދި އިޖުތިމާއީ ކުރިއެރުމަށް މުހިންމު އެހީތަކެއް ކަމަށް ވިދާޅުވެފައެވެ.

comment ކޮމެންޓް