އާލިއާގެ ތައުރީފު އިޝާ އަމްބާނީއަށް: ''ވަރަށް ގާތް އެކުވެރިއެއް''

އާލިއާ ބަޓް އީޝާ އަމްބާނީއާ އެކު-- ފޮޓޯ/ފޭސްބުކް

އިންޑިއާގެ މަހުޖަނު މުކޭޝް އަމްބާނީގެ ހުރި ހަމައެކަނި އަންހެން ދަރިފުޅު އީޝާ އަމްބާނީ އަކީ، ވަރަށް ގާތް ރަހުމަތްތެރިއެއް ކަމަށް އާލިއާ ބަޓް ބުނެފިއެވެ.

ފޯބްސްއަށް ދިން ހާއްސަ އިންޓަވިއުއެއްގައި އާލިއާ ބުނީ އީޝާ އަކީ ވިޔަފާރީގެ ބައިވެރިއެއްގެ އިތުރުން އެ އާއިލާއަށް ވެސް ލިބުނު ވަރަށް ގާތް ރަހުމަތްތެރިއެއް ކަމަށެވެ.

އާލިއާއާއި އީޝާގެ ރަހުމަތްތެރިކަމުގެ ގުޅުން ފެށުނީ އާލިއާ ބަޓްގެ އަމިއްލަ ވިޔަފާރި ކުންފުނި އެޑް-އެ-މާމާގެ ވިޔަފާރިއާ އީޝާ ގުޅުނު ހިސާބުންނެވެ. އިންޑިއާގެ މަޝްހޫރު ކުންފުނި ރިލަޔަންސް ޖިއޯ އިންފޯކޮމް ލިމިޓެޑްގެ ޑިރެކްޓަރުގެ މަގާމު ފުރަމުން އަންނަ އީޝާ އަމްބާނީއާ އާލިއާ އަކީ އެއް ދުވަސްކޮޅެއްގައި މަންމައިންނަށް ވި ދެ މައިންނަށް ވެފައި އާލިއާގެ ކުންފުނި އެޑް-އެ-މާމާ އަކީ ދެ މީހުންނަށް ވެސް ވަރަށް ހާއްސަ ބްރޭންޑަކަށް ވެފައިވާ ކަމަށް އާލިއާ ވަނީ ބުނެފައެވެ.

މީގެ ކުރިން އެޑް-އެ-މާމާ ބްރޭންޑަށް ގެންނަ ބަދަލަކީ ހަމައެކަނި އާލިއާގެ ވިސްނުމާއެކު ލިބޭ ފާޑުކިޔުންތަކާ އެކު ކުރިއަރުވަމުން އައި ވިޔަފާރިއެއް ނަމަވެސް އީޝާ އެ ވިޔަފާރިއާ ގުޅުނުފަހުން ވަރަށް ހެޔޮ ބަދަލު ބްރޭންޑަށް އައިސްފައިވާ ކަމަށް ފޯބްސްއަށް ދިން އިންޓަވިއުގައި އާލިއާ ވަނީ ބުނެފައެވެ.

އާލިއާގެ އަމިއްލަ ވިޔަފާރި ބްރޭންޑް އެޑް-އަ-މާމާގެ އިޝްތިހާރެއް-- ފޮޓޯ/ އެޑް-އަ-މާމާވެބްސައިޓް
އީޝާ ފަދަ ވިޔަފާރީގެ ރޮނގުން ތައުލީމު ހާސިލުކޮށް އެ ދާއިރާގެ ތަޖުރިބާހުރި ޒުވާނަކާ އެކު ޕާޓްނާޝިޕަކަށް ދިއުމަކީ އާލިއާގެ ވިޔަފާރި ބްރޭންޑަށް ލިބުނު އިތުރު ކުރިއެރުމެއް ކަމަށް ބަތަލާ ވަނީ ބުނެފައެވެ. އާލިއާގެ އެޑް-އެ-މާމާގެ ބްރޭންޑުން ކުރިއަށް އޮތްތަނުގާ ތައާރަފުކުރަން ނިންމާފައިވާ ހާއްސަ އުފެއްދުންތަކުގެތެރޭ ކުޑަކުދިންނަށް ހާއްސަ ފަރުނީޗަރު، ކުޑަކުދިންނާ ގުޅޭ ވާހަކަ ފޮތްތަށް އަދި އެނިމޭޓެޑް ވާހަކަ ސީރީސްތައް ހިމެނޭ ކަމަށް ބަތަލާ ވަނީ ބުނެފައެވެ.

އީޝާ އަމްބާނީ އަކީ ތިމާވެއްޓާ ގުޅުންހުރި އުފެއްދުންތައް ބާޒާރަށް ނެރޭ އެޑް-އެ-މާމާގެ 51 ޕަސެންޓް ސްޓޭކް ހޯލްޑާއެކެވެ. އާލިއާގެ އިތުރުން ވެސް އީޝާ އަކީ ފިލްމު އިންޑަސްޓްރީގައި މަސައްކަތްކުރާ ފިލްމީ ތަރިންނާ ވަރަށް ގާތް ގުޅުމެއް އޮންނަ ފަރާތެކެވެ.

comment ކޮމެންޓް