ސްޕެޝަލް ޑިއުޓީ އެލަވަންސް ލިބޭ މުވައްޒަފުންނަށް އޯޓީ ދިނުމުގައި ބަދަލުތަކެއް

ސިވިލް ސާވަންޓުން -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ސިވިލް ސާވިސް މުވައްޒަފުންގެ ތެރެއިން ސްޕެޝަލް ޑިއުޓީ އެލަވަންސް ލިބޭ މުވައްޒަފުންނަށް އިތުރު ގަޑީގެ ފައިސާ ދިނުމުގެ އުސޫލަށް ބަދަލުތަކެއް ގެނެސްފިއެވެ.

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)އިން މީގެ ކުރިން ސްޕެޝަލް އެލަވަންސް ލިބޭ މުވައްޒަފުންނަށް އިތުރު ގަޑީގެ އިނާޔަތް ދެމުން ދިޔައީ މަހެއްގެ މައްޗަށް 44 ގަޑިއިރަށްވުރެ އިތުރު ވަގުތު މަސައްކަތުގައި ހޭދަކުރުމުންނެވެ.

ސްޕެޝަލް ޑިއުޓީ އެލަވަންސް ލިބޭ މުވައްޒަފުންނަށް އިތުރު ގަޑީގެ ފައިސާ ދޭ އުސޫލަށް ގެނައި ބަދަލާ އެކު، ރަސްމީ ޑިއުޓީ ގަޑި ހަމަވުމަށް ފަހު ކުރާ ހުރިހާ މަސައްކަތަކަށް ވެސް އިތުރު ގަޑީގެ ފައިސާ ހިނގާނެއެވެ.

ސީއެސްސީއިން ބުނެފައިވަނީ ސްޕެޝަލް ޑިއުޓީ އެލަވަންސްގެ ސަބަބުން އިތުރުގަޑީގެ ފައިސާ އުނިވުމަކީ ވަޒީފާއާ ބެހޭ ގާނޫނާ ޚިލާފު ކަމެއް ކަމަށް ވާތީ އެ ބަދަލު ގެނައީ ކަމަށެވެ.

އާ ޕޭ ފްރޭމްވޯކަށް ބަދަލުނުވެ ތިބި ހުރިހާ މުވައްޒަފުންނަށް ސްޕެޝަލް ޑިއުޓީ އެލަވަންސް ދޭން ނިންމެވީ ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙެވެ. އެ ގޮތުން އެކިއެކި ސެކްޓާތަކުގައި މަސައްކަތް ކުރާ މީހުންނަށް މިހާރު މި އެލަވަންސް ލިބެއެވެ.

comment ކޮމެންޓް