ފިލްމު "އެނިމަލް"އިން ގިނަ ބައެއްގެ ސަމާލުކަން ހޯދި ޒުވާން ބަތަލާ ތުރިޕްތީ ދިމްރީއާއި ވިކީ ކޯޝަލް އަދި ލަވަކިޔުންތެރިޔާ އައްމީ ވާކްއާ އެކު ފިލްމަކަށް ސޮއިކުރިކަން އިއުލާނުކޮށްފިއެވެ.
މި ފިލްމަކީ ޑައިރެކްޓަރު ކަރަން ޖޯހަރުގެ ދަރުމާ ޕްރޮޑަކްޝަންއިން ގެނެސްދިން "ގުޑް ނިއުސް" އާއި ދާދި އެއްގޮތް އެހެންނަމަވެސް އެއަށްވުރެ ވެސް ކޮލިޓީ ފިލްމެއް ކަމަށް ރިޕޯޓުތަކުން ވަނީ ބުނެފައެވެ.
ފިލްމީ ތަރި ވިކީ ކޯޝަލް އިންސްޓަގްރާމް މެދުވެރިކޮށް ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ޚަބަރުތަކަކުން ފުރިފައިވާ ދުނިޔެއެއްގައި ބެލުންތެރިންނަށް ދޭން ބޭނުންވާ ދެ ޚަބަރެއް އެބައޮތް ކަމަށެވެ. ވިކީގެ މި ޕޯސްޓަށްފަހު ދަރުމާ ކުންފުނިން ވަނީ "ބޭޑް ނިއުސް"ގެ ނަމުގައި އުފައްދަން ނިންމާފައިވަނީ 2022ވަނަ އަހަރުތެރޭ މަސައްކަތް ނިމިފައިވާ ފިލްމު "މޭރޭ މެހެބޫބު މޭރޭ ސަނަމް"ގެ ނަމުގައި އުފައްދަން ނިންމި ފިލްމު ކަމަށެވެ.
ފިލްމުގެ ޕޯސްޓަރެއް ވެސް އާއްމުންނަށް ދައްކawiލާފައިވާއިރު މި ފިލްމު ސިނަމާތަކަށް ގެންނަން ނިންމާފައިވަނީ މި އަހަރުގެ ޖުލައި މަހުގެ 19ވަނަ ދުވަހުއެވެ.
އެމޭޒަން ޕްރައިމްއާ ގުޅިގެން އުފައްދާފައިވާ މި ފިލްމަކީ އާނަންދު ތިވާރީ ޑައިރެކްޓްކޮށް ހަގީގީ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް ގެނެސްދޭ ފިލްމެއްކަމަށް ދަރުމާއާ ހަވާލާދީ ރިޕޯޓުތަކުން ބުނެއެވެ.
ފިލްމު "ގުޑް ނިއުސް"އަކީ 2019 ވަނަ އަހަރު ރިލީޒްކޮށް ބޮކްސް އޮފީހުގައި ވެސް ބޮޑު ކާމިޔާބީއެއް ހޯދާ ބެލުންތެރިންގެ މަގުބޫލުކަން ވަރަށް ބޮޑަށް ލިބުނު ފިލްމެކެވެ. އައިވީއެފް މެދުވެރިކޮށް ދަރިން ހޯދުމަށް މަސައްކަތް ކުރާ ދެމަފިރިންތަކެއްގެ މެދުގައި ހިނގާ ހެއްވާ މަޖާ ހާދިސާތައް ހިމެނެނު އެ ފިލްމުގެ ލީޑް ތަރިންނަކީ ކަރީނާ ކަޕޫރު، ކިއާރާ އަދުވާނީ، އަކްޝޭ ކުމާރު އަދި ދިލްޖީތު ދޯސަންޖުއެވެ.