އެކިރަހަ: ޓީޖީއާރްގެ ޕައިނަޕަލް މާގަރީޓާ

ޓީޖީއާރް ރެސްޓޯރަންޓުގެ ޕައިނަޕަލް މެގަރީޓާ ----

މި ރޯދަމަހަށް ޚާއްސަކޮށް އެސްއެސްޓީވީން ކޮންމެ ހަފުތާއަކު ވެސް ގެނެސްދޭ އެކި ރަހަ ޕްރޮގްރާމްގައި މި ގެނެސްދެނީ ޓީޖީއާރް ރެސްޓޯރަންޓުގެ ޕައިނަޕަލް މާގަރީޓާ ތައްޔާރުކުރާނެ ގޮތެވެ.

ބޭނުންވާ ތަކެތި:

  • ސްޕްރައިޓް ދަޅެއް
  • ޕައިނަޕަލް ސިރަޕް
  • ލައިމް ސިރަޕް
  • ބެސިލް ލީފް
  • އޮރެންޖް ސިރަޕް
  • އައިސްކިއުބްސް
  • އަލަނާސި (ކިއުބްކޮށް ކޮށާފައި)
  • މިކްސަރެއް

ތައްޔާރުކުރާނެ ގޮތް:

ޕައިނަޕަލް މާގަރީޓާ ތައްޔާރު ކުރުމަށްޓަކައި އަލަނާސިކޮޅާއި، ތިން މެޝަރިން ކަޕްގެ ސްޕްރައިޓާއި ލައިމް ސިރަޕްގެ އިތުރުން އައިސްކިއުބްކޮޅު އެޅުމަށް ފަހު މިކްސަރުން މުގުރާލާނީއެވެ.

ގާތްގަނޑަކަށް ދެ މިނެޓް ވަންދެން މުގުރާލުމަށް ފަހު ތައްޓަކަށް އަޅާލާނީއެވެ. އެއަށްފަހު އޮރެންޖް ސިރަޕްކޮޅު އަޅާލުމަށްފަހު ބެސިލް ލީފް ބޭނުންކޮށްގެން ގާނިޝްކޮށްލާނީއެވެ. މިހާރު ހުންނާނީ ޕައިނަޕަލް މާގަރީޓާ ތައްޔާރުވެފައެވެ.

މި ޖޫހަކީ ހޫނު ދުވަސްތަކުގައި ރޯދަ ވީއްލާއިރު ކަރުހިއްކުން ފިލުވާލަން، ތާޒާ ޖޫހަކަށް ވާނެއެވެ.

comment ކޮމެންޓް